2019 ވަނަ އަހަރު ސްރީލަންކާގެ ރީތީގެ ރާނީގެ ތާޖު ލިބުނު ކެރޮލިން ޖޫލިން ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ 2020 ވަނަ އަހަރު ސްރީ ލަންކާގެ ރީތީގެ ރާނީގެ ތާޖު ޕުޝްޕިކާ ދި ސިލްވާއަށް ލިބުމުން އޭނާއަށް އެ ތާޖު ހައްގު ނުވާ ކަމަށް ބުނެ ގަދަކަމުން ތާޖު އަތުލި މައްސަލައިގައެވެ.

އުމުރުން 31 އަހަރުގެ ޕުޝްޕިކާ ދި ސިލްވާއަށް 2021/2020 އަހަރުގެ ރީތީގެ ރާނީގެ ތާޖު ހަވާލް ކޮށްފައިވަނީ ޓީވީ ތަކުން ވަގުތުން ދައްކަމުން ދިޔަ ރަސްމިއްޔާތެއްގެ ތެރެއިން އާދިއްތަ ދުވަހުއެެވެ. ނަމަވެސް، އޭނާ ބުނެފައިވަނީ ދި ސިލްވާއަކީ މީހަކާ އިނދެގެން އުޅޭ މީހަކަށް ނުވުމުން އޭނާއަށް ރީތީގެ ރާނީ ތާޖު ލިބުން ހައްގު ނުވާ ކަމަށެވެ. އެހެން ބުނެ އޭނާ ވަނީ ގަދަކަމުން ތާޖު ނަގައި، ރަނަރަޕްގެ ބޮލުގައިި ތާޖު އަޅުވައިދެއެވެ.

ގަދަކަމުން ތާޖު އަތުލަން އުޅުމުގެ ތެރޭގައި ދި ސިލްވާއަށް އަނިޔާ ވެފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ. ރަސްމިއްޔާތު ނިންމުމަށް ފަހު ބޮލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަށް ގޮސްފައި ވާކަމަށް ދި ސިލްްވާ ބުންޏެވެ.

ރަސްމިއްޔާތުގެ ތެރެއިން ހިނގި ބަހުސްއަށް ފަހު އިވެންޓް ކުރިޔަށް ގެންދިޔަ މީހުން ވަނީ ދި ސިލްވާއަކީ ހުހަށް ހުރި މީހެއް ނޫން ކަމަށް ނިންމާ ތާޖު އަލުން އޭނާ އާއި ހަވާލް ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ކެރޮލިން ހައްޔަރު ކޮށްފައިވަނީ ދި ސިލްވާއަށް އަނިޔާ ވުމުންވެސް، އެކަމަށް މާފަށް އެދުމަށް ދެކޮޅު ހެދުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު