އެކުގައި އެތައް ދުވަހެއް ހޭދަކޮށް އިންނަން އަހާ ހިސާބަށް ދިއުމުން، ފިރިހެން މީހާ ވަރަށް ގިނަ ކަންކަން ރާވައެވެ. ލޯބިވެރިޔާ ކައިރިން އިންނަން އަހާނެ ގޮތާއި، އެކުގައި ވަގުތު ހޭދަކުރާނެ ގޮތާއި، ހަނީމޫނަށް ދާނެ ތަނާއި، ކައިވެނީގެ ހަފްލާ ބާއްވާނެ ތަންވެސް ހޯދައެވެ.

އޭގެ ކުރިން އެންމެ ފުރަތަމަ އެއް ކަމަކަމަށް ލޯބިވެރިޔާ ކައިރިން އިންނަން އެހުން ހިމެނޭއިރު، މިކަން ތަފާތު ގޮތްގޮތަށް ކޮށް އުޅެ އެވެ. މިއީވެސް ތަފާތު ގޮތެކެވެ.

ވިލިއަމް ހަން ނަމަކަށް ކިޔާ މީހަކު އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އެހީ ފަސް އަނގޮޓި ބޭނުންކޮށްގެންނެވެ.

އެ މީހުންގެ ޕްރޮޕޯސަލް ފޮޓޯ އިންސްޓަގްރާމް ކޮށްފައި ވެއެވެ. އޭގެން ފެނިގެން ދަނީ ހަން އެއް ފައިމައްޗަށް ތިރިވެ ހުރެ، ލޯބިވެރިޔާ ކައިރިން އިންނަން އަހާ ތަނެވެ. އޭނާ އިންނަން އެހުމަށްޓަކައި ފަސް އަނގޮޓި ދައްކައިގެން ހުންނަ ތަން އެ ފޮޓޯއިން ފެނިގެން ދެއެވެ. އަދި އަންހެން ކުއްޖާ އަނގަ މަތީގައި އަތް އަޅައިގެން ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ.

އަދި އެ ޕްރޮޕޯސަލްގެ ތެރެއިން އިތުރު ފޮޓޯއެއްވެސް އާއްމުވެފައިވާއިރު، އެ ފޮޓޯއިން ފެނިގެން ދަނީ ހަންގެ ލޯބިވެރިޔާ އެ ފަސް އަނގޮޓީގެ ތެރެއިން ނެގި އަނގޮޓި އަޅުވައިގެން އަދި އިތުރު އަނގޮޓީތައް ދައްކައިގެން ހުންނަ މަންޒަރަވެ. އަދި އާއްމުވި އިތުރު ފޮޓޯއެއްގައި އޭނާ ފަސް އޮނގޮޓި އަޅުވައިގެން ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ.

އޭގެ ތެރެއިން އޭނާ ނަގަނީ އެއް އަނގޮޮޓިއެވެ.

 

View this post on Instagram

 

A post shared by Miller 💁🏾‍♀️ (@mz_miller)

ހަން އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އަހާ ވީޑިއޯއެއްވެސް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ހަން އޭނާގެ ލޯބިވެރިޔާ ކައިރީގައި އޭނާ ދެކެ ލޯބިވާ މިންވަރާއި، އަދި އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާ މިންވަރު ހާމަކުރާ ތަނެވެ. އަދި އޭނާ އެއް ފައިބިންމަތީގައި ޖައްސައިގެން ހުރެ ލޯބިވެރިޔާ ކައިރިން އިންނަން އަހާ ތަން ފެނެއެވެ. އަދި ހަން ދޭ ފަސް އަނގޮޓީގެ ތެރެއިން އަނގޮޓިއެއް އޭނާ ނަގާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Miller 💁🏾‍♀️ (@mz_miller)

އެ ވީޑިއޯ ދައުރުވުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައެވެ. އަދި އެތައް ބަޔަކު ދަނީ އެ ދެ ލޯބިވެރިންނަށް އުފާވެރި ފާގަތި މުސްތަގުބަލަކަށް އެދެމުންނެވެ.