މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ކޮފީ ބޭނުންކޮށްގެން ތައްޔާރު ކުރާ ކަސްޓަޑެއް ތައްޔާރު ކުރާނެގޮތެވެ. މިއީ ތައްޔާރުކުރަން ވަރަށް ފަސޭހަ ރަހަމީރު ބާވަތެކެވެ. މިއީ ޢާންމުކޮށް ގޭގައި ތައްޔާރުކުރަން ފަސޭހަ އެއްޗެއްގެ އިތުރުން ފަސޭހައި ލިބޭ ބާވަތްތައް ވެފައި ކޮންމެ ގެއެއްގައި ވެސް އާންމުކޮށް ތައްޔާރުކުރެވޭ ޒާތުގެ އެއްޗެކެވެ.

ބޭނުންވާތަކެތި

1 ޖޯޑު ކަސްޓަރޑް

1 ދަޅުގެރިކިރު

1 މޭޒުމަތީ ސަމުސާ ކޮފީ (ކިރިޔާ ގިރާލެވޭވަރުގެ ފެންފޮދެއްގައި ގިރާފައި)

4 ޖޯޑުފެން

ތައްޔާރުކުރާނެގޮތް

ކަސްޓަރޑް ކޮޅު ފެން އަޅާފައި ގިރާލުމަށްފަހު އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުންކައްކާށެވެ. ރޯނުފިލަނީސް ހިކޭގޮތްވާނަމަ ކުޑަ ފެންފޮދެއް އެއްކޮށްލާށެވެ. އޮލަވާންފެށުމުން ކިރާއި ގިރާފައިހުރި ކޮފީ އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ބޭނުންނަމަ ފުރީޒުކޮށް ފިނިކޮށްގެންވެސް ބޭނުން ކުރެވޭނެއެވެ. އައިސްއަލަމާރިއަށް ލާނީ ހޫނުކަން ކެނޑުމުންނެވެ.