މީސް މީޑިއާއިން އާންމުންގެ ސަމާލުކަމާއި މީހުންގެ މަގްބޫލު ކަން ލިބެނީ ކިހިނެތް ކަންތައް ކޮށްގެންކަން މޯނީ ރޯއީ އަށް ވަރަށް ރަނގަޅަށް އިނގެއެވެ. އޭނާ އަކީ ކޮންމެ ގައުމެއްގެ ހެދުމެއް އެޅިޔަސް އެންމެ ރީއްޗަށް ހެދުން އަޅާ އެކަކު ކަމުގައި އެންމެންގެ ތެރޭގައި މަޝްހޫރު ވެފައިވާ އެއް ފަންނާނެވެ.

މޯނީ އަކީ އާއަހަރާ ދިމާކޮށް ވަރަށް ދަތުރުކުރާ މީހެކެވެ. އެގޮތުން އޭނާ ނިންމީ އޭނާގެ އެންމެ ފަހުގެ ފޮޓޯތަކުގެ ތެރެއިން އޭނާ ރަންކުލައިގެ ސްކާޓަކާއި ކަޅުކުލައިގެ މަތި ކޮޅެއް ލައިގެން ހުރި ފޮޓޯ އިންސްޓާގްރާމްގައި ހިއްސާކޮށް މީހުންގެ ހިތް އޭނާ އަށް ފިދާވާ ވަރު ކޮށްލާށެވެ.

އެ ހެދުމާއި ގުޅުވާލުމުގެ ގޮތުން އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ބޫޓެކެވެ. މަޑު ކުލައެއްގެ ވިދާ ކުލަ އެއް ތުންފަތުގައި ޖައްސާފައި ހުރި އިރު އެނާގެ ލޮލުގެ މޭކަޕް ގެނެސް ފައި ހުރިގޮތް އެހާމެ ރީތިއެވެ. އޭނާގެ ފޮޓޯގައި އަޅާލައިގެން ހުރި ހެދުމުން އެންމެންގެ ލޮލުގަ އަޅައިގަތީ އޭނާ ލައިގެން ހުރި ސްކާޓްގެ އެއްބައި ބިންމަތިގައި ޖެހިފައި ހުރުމުންނެވެ. މިއީ ގިނަ އަންހެނުންނަށް ކަމުދާ ގޮތެއްވެސް މެއެވެ.

އޭނާ ލައިގެން ހުރީ ނަދިން މެރާބީގެ ރަންކުލައިގެ ސްކާޓްގައި އޭނާ ސްޓައިލް ކޮށްދީފައިވާނީ އަނުރާދާ ހުރަނައެވެ.

އެއީ އަގުބޮޑު ސްކާޓެކެވެ. އެ ސްކާޓުގެ އަގަކީ 160 ޔޫރޯއެވެ. އެއީ އިންޑިއާ ރުފިޔާއިން ބަލައިފިނަމަ 14،240 އިންޑިއަން ރުޕީސް އެވެ. މި އަގަށް ފަސޭހަކަމާއި އެކީ މޯބައިލް ފޯނެއް ނޫނީ އެޕަލް ބޮރޭންޑްގެ އައިޕެޑް އެއްވެސް ގަނެވިދާނެއެވެ. މި ހެދުމުގައި މޯނީ ހުރި އިރު އޭނާގެ އެ ލޫޅާފަތި ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ވާވް މިއޮއް ރޯދަމަހު...😲

  2. ކޯން

    އެކާކު؟ ނޭނގުނު ކާކު ކަމެއް އަސުލު ކޮއް މިބުނީ