މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ނަމާދުކޮށްގެން ގެއަށް ދިޔަ މީހަކަށް އަނިޔާކޮށް މަރާލަން އުޅެފިއެވެ.
އިންޑިއާގެ އަވަށެއްގައި މި ހާދިސާ ހިނގަން މެދުވެރިވީ ނަމާދު ނިންމާލުމަށްފަހު ދަންގަޑިއެއްގައި ސައިކަލުގައި ދެ މީހަކު ދަނިކޮށް އެ މީހުންނާއި ކުރިމަތިލި ބަޔަކު އެ މީހުންގެ ދީން ބަދަލު ކުރަން އެދި އެގޮތަށް އެއްބަސް ނުވެ ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެތައް ބަޔަކު ހިމެނޭ ގުރޫޕަކުން އަޒްހަރް އާއި އިމްރާން ނަމަކަށް ކިޔާ މި ދެ މީހުންނާއި ކުރިމަތިލައި ފުރަތަމަ ޒުވާބު ކުރީ ދީން ބަދަލުކުރުމާއި ގުޅޭގޮތުންނެވެ. އެ ޒުވާބު ހޫނުވެ، އަޒްހަރް އާއި އިމްރާން އެގޮތް ބޭނުން ނުވުމުން މި މީހުން ވެގެން ދެ ދެ މީހުން ގައިގާ ތަޅަން ފެށިއިރު، އިމްރާން ވަނީ ސަލާމަތްވެގެން ފިލާފައެވެ.
އަދި އޭނާ ވަނީ އެކަން ފުލުހުންނަށް އަންގާފައެވެ. އަދި ފަހުން ފުލުހުން އެތަނަށް އައިސް އެކަން ވަނީ ހުއްޓުވާފައެވެ. އަދި އަޒްހަރު ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ބުނީ މިހާރު އަޒްހަރުއަށް އެމީހުންގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
ގޮތެއްފޮތެއް ނެތް ބައެއް މި އިންޑިއާ މީހުންނަކީ. ގަދަކަމުން އުޅެންޖެހޭއެއްޗެއްތަ ދީނަކީ
އުޅޭނެ އެކި ހިޔާލްގެ މީހުން މުޅ ދުނިޔޭގަވެސް.. މާތްﷲ ވަނީ އަހަރުމެން އެއްބަޔަކު އަނެއްބަޔަކައް އިމްތިހާނެއް ކަމުގާލައްވަވާފަ.. މުސްލިމުން ކަންކަން ދިމާވުމުން ދީނުގަ އެންގެވި ގޮތައް އެމީހަކައް ވެވުނު މިންވަރަކުން އަމަލް ކުރަންޖެހޭނީ .. އަދި ކޮންމެ ގޮތެއްވިޔަސް މިންވަރައް އީމާންވާންޖެހޭނެ.. އިމްތިހާނެއް އެވެސް.. އިމްތިހާނެއް ނެތި ފާހެއް ނުވެވޭނެ.. ސުވަރުގެ ލިބުން ވަނީ އިމްތިހާނުން ފާސްވެގެން..
ان شاء الله