އައިއޯއެސް 14.5 ގައި މާސްކު އަޅައިގެން ހުރެ ފޯން އަންލޮކް ކުރެވޭނެ ކަމަށް ޓެކް ހަބަރުފަތުރާ ފަރާތްތަކުން ހާމަކޮށްފި އެވެ.

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނީ މި ހަފްތާގައި އެޕަލް އިން ބާއްވާ ސްޕްރިންގް ލޯޑެޑް އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ އަޕްޑޭޓްގެ މައުލޫމާތު ހިއްސާކުރާނޭ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުގައި މާސްކު އަޅަން މަޖުބޫރު ކުރުމާއި ގުޅިގެން ފޭސް އައިޑީ ބޭނުންކޮށްގެން ފޯން އަންލޮކް ކުރާ ފަރާތްތަކަށް ދަތިތަކަކާއި ދިމާވިއެވެ. މާސްކު އަޅައިގެން ބޭރުގައި އުޅޭ އުޅުމުގައި އާއި އޮފީހުގައި އުޅޭ އުޅުމުގައިވެސް ފޯން އަންލޮކް ކުރަން ދަތިވިކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.

އެޕަލް އިން އެ ކުންފުނީގެ ފޯނުތަކާއި އައިޕެޑްތައް މަސައްކަތް ކުރާފެންވަރު ރަނގަޅުކޮށް އިތުރު ފުރިހަމަކަމެއް އުފެއްދުންތަކަށް ގެނައުމަށް އާ އަޕްޑޭޓްތައް އަބަދުވެސް ނެރެއެވެ. ވައިރަސްތަކުން ރައްކާތެރިކުރުމަށާއި އިތުރު ފީޗާސްތައް ގެނައުމަށް އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ފުރިހަމަ އުފެއްދުމަކީ އައިއޯއެސް 14 އެވެ.

އެޕަލް އިން އެންމެ ފަހުން އައިއޯއެސް އަޕްޑޭޓް ނެރުނީ މީގެ ދެހަފްތާ ކުރިންނެވެ. އެޕަލް އިން ދެން އައިއޯއެސް އަޕްޑޭޓެއް ނެރޭނީ މިމަހު އެޕަލް އިން ބާއްވާ އިވެންޓުގައި ކަމަށް އެޕަލްގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ. މި އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައްވެސް ދައްކާލޭނެ ކަމަށް ބެލެވެއެވެ.

ޓެކް ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާ މި ދުވަސްވަރުގައި އެކި ކުންފުނިތަކުން ދަނީ މޮޅެތި ފޯނުތަކާއި ލެޕްޓޮޕް އަދި އައިޕެޑްތައްވެސް ނެރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު