ބަތަލާ ކަރީނާ ކަޕޫރު ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް އަބަދު ވެސް ފެނިގެން ދަނީ ވަރަށް ސްޓައިިލިޝް ކޮށެވެ. މާސްކު އަޅައިގެން ސޯޝަލް މީޑިއާއަށް ފޮޓޯއެއް ދޫކޮށްލައި ކަރީނާ ބުނެފައިވަނީ އެންމެން ވެސް މާސްކު އަޅައިގެން އުޅުމަށެވެ.

މީސް މީޑިއާއަށް މި ފޮޓޯ ދޫކޮށްލިއިރު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ލައިގެން ހުރީ ވަރަށް އާދައިގެ ޕްރޮޕަގެންޑާ ލިޔެފައިވާ ޓީޝާޓެކެވެ. އާންމު ގޮތެއްގައި މަޝްހޫރު ފިލްމީ ތަރިން ހެދުން އަޅާ ގޮތަށް މީހުންގެ ސަމާލުކަން ލިބެއެވެ. މިފަހަރު ކަރީނާ ލައިގެން ހުރި ޓީޝާޓަށް ވުރެ މީހުންގެ ސަމާލުކަން ހޯދައިފައި ވަނީ އަޅައިގެން ހުރި މާސްކެވެ.

ކަރީނާގެ މި ފޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވަނީ އޭނާ އަޅައިގެން ހުރި މާސްކުގެ އަގުބޮޑު ކަމުންނެވެ. ލުއިސް ވިއްޓޮން ބްރޭންޑުގެ ލޯގޯ ޖަހާފައިވާ މާސްކު ކަރީނާ އަޅައިގެން ހުރި އިރު އޭގެ އަގު އެނގޭ ހެއްޔެވެ؟

ކަރީނާ ލައިގެން ހުރި ޓީޝާޓުގެ އަގަކީ 140 ޔޫރޯއެވެ. ޓީޝާޓަށް ވުރެ ވެސް އަޅައިގެން ހުރި ފޭސް މާސްކު އަގުބޮޑެވެ. މަޝްހޫރު ފިލްމީ ތަރިން ލުއިސް ވިއްޓޮން ބްރޭންޑުގެ މާސްކު އަޅައިގެން ފެނިފައިވެއެވެ. އޭގެ ތެރޭގައި ދިޕިކާ އާއި ރަންވީރް ހިމެެނެއެވެ. ބްރޭންޑެޑް، ގިނަ ފަންނާނުން ތަަކަކަށް ކަމުދިޔަ މި މާސްކުގެ އަގަކީ 355 ޑޮލަރެެވެ.

އަގުބޮޑު މާސްކެއް އަޅައިގެން ވިޔަސް، މާސްކު އެޅުމަށް ހަނދާން ކޮށްދިނީތީ ކަރީނާގެ ފޭނުންނާއި، އޭނާއަށް ތާއީދު ކުރާ މީހުން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ގިނަ ފަންނާނުން ތަކެއް އެމީހުންގެ ޒިންމާ އަދާކޮށް މިހާރަށް ވުރެ އިތުރަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރެއެވެ.