ކާރެއްގެ ދުންހޮޅީގައި އަންހެނެއްގެ ބޯ ތާށިވެއްޖެއެވެ.

މިމީހާގެ ބޯ ތާށިވެފައިވަނީ ވިންސްޑެޑްގައި އޮތް ލަވަ ފެސްޓިވަލްއަކަށް ގޮސް އުޅެނިކޮށެވެ. މިމީހާގެ ބޯ މިކާރުގެ ދުން ހޮޅިން ނަގާފައިވަނީ ކަރަންޓް ކީހަކުން ދުންހޮޅި ބުރިކޮށްލައިގެން ކަމަށް ބޭރުގެ ނޫސްތަކުން ހާމަކުރެއެވެ. މިމީހާގެ ބޯ ދުންހޮޅީގައި ތާށިވެފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވަމުން ދާއިރު، މިވީޑިއޯވަނީ މިހާތަނަށް 2 މިލިޔަން މީހުނަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

https://www.facebook.com/will.little.547/videos/1158873090919807/

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މި ލަވަ ފެސްޓިވަލްގައި 18 އަހަރު ނުފުރޭ 24 ކުއްޖަކު ރާ ބުއިމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މިމީހާގެ ބޯ މިދުންހޮޅީގެ ތެރެއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި އުޅެނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ޗަކޮއިމެން ބޯ ކޮއްޕާތި ކާއްޓާ ނާއްޓާ ދޭތެރެ އަށް ވެސް..