ވިޔަވާރި ދަތުރެއްގައި ރަށުން ބޭރަށް ގޮސްފައި އައި މަންމައަކަށް ދަރިފުޅު މަރުޙަބާ ކީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެއެވެ.

މެނިފެކްޗަރ ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ބާބަރާ ނީލްސެން ނަމަކަށް ކިޔާ އަންހެން މީހަކު ކުންފުނީގެ ވިޔަފާރި ދަތުރެއްގައި ގޮސްފައި އެބުރި ރަށަށް އައިއިރު، އޭނާގެ ދަރިފުޅު ހުރީ ޕޯސްޓަރެއް ހިފައިގެނެވެ. މި ޕޯސްޓަރުގައި ޖަހާފައިވަނީ " މަންމާ! ޖަލުން ސަލާމަތްވެ، އަހަރެމެންގެ ގެޔަށް މަރުޙަބާ " މިހެން ނެވެ.

މިގޮތަށް މިޕޯސްޓް ހަދާފައިވަނީ ބާބަރާގެ ފިރިމީހާ ބުރެންޑަންއެވެ. އަދި މަންމަ ބަލާ ބުރެންޑަންއާއެކު، އޭނާގެ ދަރިފުޅު ޑައިމަން ގެންގޮސްފައިވެއެވެ. ބޯޑް އޮތީ ޑައިމަންގެ އަތުގައެވެ.

ބާބަރާ އޭނާގެ ފޭސްބުކްގައި ޓައިމްލައިންގައި އެކުއްޖާ ޕޯސްޓަރާއެކު އިން ފޮޓޯއެއް އާއްމުކޮށްފައިވާއިރު، މިފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަންދަނީ ހުއްޓިފައެވެ. ގިނަ ބަޔަކަށް މިކަންވީ މަޖާ ކަމަކަށެވެ. އަދި ފޭސްބުކްގެ ބައެއް ޕޭޖްތަކަށްވެސް މި ކުއްޖާ މިޕޯސްޓަރާއެކު ނަގާފައިން ފޮޓޯ ވަނީ އެމީހުންގެ ޕޭޖްތަކަށް އަޕްލޯޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު