އިންޑިއާ އޮތީ އިސްރާއިލާއި އެކުގައި ކަމަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުޓް ބުނެފިއެވެ.
ކަންގަނާ ބުނެފައިވަނީ މުސްލިމުން ދެމުންދާ ނިރުބުވެރި ހަމަލާތަކާއި ދެކޮޅަށް ހުރިހާ ގައުމަކުން ވެސް ތެދުވުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އިންޑިއާއިން ތިބީ އިސްރާއިލާއި އެކުގައި ކަމަށް ބުނެ، ޓެރަރިސްޓުންނަށް އަދަބުދޭން ޖެހޭ ކަމަށް ގަބޫލުކުރާ މީހުން އިސްރާއިލްގެ އަމަލުތައް ބަލައި އެކަން ދަސްކުރުމަށް ކަންގަނާ ގޮވާލައިފައިވެއެވެ.
ފޭސްބުކް ޕޯސްޓް މެދުވެރިކޮށް ކަންގަނާ ބުނެފައިވަނީ މުސްލިމުންނަށް އިސްރާއިލުން ދޭފަދަ އަދަބުތައް ނުދީފިނަމަ، މުސްލިމުން މުޅި ސަރަހައްދަށް ޓެރަރިސްޓް ޖަމާއަތްތައް ފަތުރާނެ ކަމަށެވެ. މުސްލިމުންނަށް ބާރުގެ ބޭނުންކޮށް ވަރުގަދަ ހަމަލާތައް ދިނުމުން މުސްލިމުން ބަލިކަށިވެ، ރޯނެ ކަމަށާއި ވަރުގަދަ ހަމަލާތަކެއް ނުދީފި ނަމަ މުސްލިމުން ގައުމުތަކުގައި ބޮޑު ހަރަދު ކޮށްގެން ގާއިމްކޮށްފައި ހުރި ހޮޓާތަކާއި ގާނޫނު ހަދާ މަޖިލިސްތައް ވެސް ސުންނާފަތި ކުރާނެ ކަމަށް ކަންގަނާ ބުނެފައިވެއެވެ. އޭގެ އިތުރުން ސަރުކާރުގެ އެނޫންވެސް ބާރުތަކާއި ކުޅުމަށް މުސްލިމުން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކަންގަނާ ބުނެފައިވަނީ މުސްލިމް ޓެރަރިސްޓުންނާއި އިސްރާއިލުން ކުރަމުން ގެންދާ ހަނގުރާމައިގައި އިންޑިއާއިން ތިބޭނީ އިސްރާއިލާއި އެކުގައި ކަމަށެވެ. އޭނާ ގޮވާލައިފައި ވަނީ މުސްލިމުން ނެތި ކޮށްލުމަށެވެ.
މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ގަބޫލުކުރާ ކަންގަނާ ބުނެފައިވަނީ ޣައްޒާއިން އިސްރާއިލަށް 600 އަށް ވުރެ ގިނަ ރޮކެޓު ހަމަލާ ފޮނުވާފައިވާ ކަމަށެވެ. އިސްރާއިލަށް އަންނަނީ ޣައްޒާގެ ހަމަލާތައް ކުރިމަތިވަމުން އަންނަ ކަމަށް ބުނެ ޣައްޒާ ކުށްވެރިކޮށްފައިވެއެވެ.
ފަލަސްތީނަށް އެ ގައުމުގެ ނަމުންވެސް ކަންގަނާ މުހާތަބު ނުކޮށް މުޅިންވެސް ބޭނުންކޮށްފައި ވަނީ ”ނިރުބަވެރިން“ނެވެ. އަދި އެމީހުންްނަކީ ދުވަހަކުވެސް ހިތް ފުރޭނެ ބައެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ހަގީގަތަކީ މުސްލިމުންނަށް ފުރައްސާރަކޮށް، ހަމަލާ ދެމުން ދަނީ އިސްރާއިލުގެ ސިފައިން ކަމެވެ. އެތައް އަހަރުތަކެއް ވަންދެން ޣައްޒާއާއި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ދަނީ ހަމަލާ ދެމުންނެވެ. އެތައް ބަޔަކު އެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާއިރު، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ.
ހުއްޓުމެއް ނެތި އިސްރާއިލުން އަންނަނީ ފަލަސްތީނަށް ބޮން އަޅަމުންނެވެ. ފަލަސްތީނުގެ މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި އެތަނުގެ ކުޑަކުދިންނަށް ބޮން އަޅާ ބިރުވެރި އަޑުގެ ސަބަބުން ނިދަން އުނދަގޫވެއެވެ. ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މިސްކިތުގައި އަޅުކަމުގައި ޝާމިލްވެ ތިއްބާ ވެސް އިސްރާއިލް ސިފައިން ވަދެ ހަމަލާ ދެމުން ގެންދެއެެވެ.
ކަންގަނާ ހުރިހާ މުސްލިމުން ނިރުބަވެރިން ގޮތުގަ ދެކޭއިރު އަހަރެމެން މުސްލިމުންނަށް ވެހުރެ އޭނާގެ ”ފޭން“ އަކަށް ވުމަކީ ލަދުވެތިވާން ޖެހޭ ކަމެކެވެ. އެހެންކަމުން ވީހައިވެސް އަވަހަށް ކަންގަނާ އަންފޮލޯ ކޮށްލާށެވެ! މުސްލިމުން މިހާރު ވަނީ އޭނާ ބޮއިކޮޓު ކުރަން ކެމްޕެއިނެއް ވެސް ފަށާފައެވެ.
އަހަރެން އަވަހަށް މިދަނީ އޭނަ ފޮލޯކުރަން
ތިއީ އަހަރުމެންނަށް މުހިންމު މީހެއް ނޫން.
އަމިއްލަ ގައުމައްވާ ގޮތް ފެނޭތަ
ﷲ ކަލެމެން ނިންމަވާނީ ވަރަަށް ހިތިކޮން އިރާދަކުރެއްވިއްޔާ ☝
ތިބުނި އެއްޗެއް ސާފެއްނޫން ކޮވިޑުކަންތަކަށް ބަލާނަމަ ނިސްބަތުން ތިކޮޅު ވަކި ސަލައެއްނޫން
މީ އަދި ކާކުތަ ފާޑު ފާޑުގެ ހަޤީޤަތެއް ނެތް ވާހަކަ ފަތުރަން..ބުއްދި ސަލާމަތުންހުރި މީހަކަށް ވެއްޖެއްޔާ އެނގޭނެ މި އިޒްރޭލޭ ކިޔާ ޓެރަރިސްޓުން މުސްލިމުން ނަމާދަށް ތިއްބާ ކަން ފުރަތަމަ ހަމަލާ ދިނީ..އަދި ނުވިތާކަށް މުސްލިމުންގެ ބިންތައްވެސް ފޭރިގަނެގެން އުޅޭ ބައެއް ކަމެއްވެސް މީނައަކަށް ނޭނގޭ..މަގޭ ހިތަށްއަރާ މީނާ މިޔޮއް ހުރިހާ ދުވަހު އުޅުނީ ކޮންތާކުބާ؟؟
އުހޫނ ނުކުރާތި. އަ ދިވެސް އެމީހުން ކުރާ ކޮންމެ ހަރަކާތެއް ކޮޕީކޮށް އެމީހުން ޖަހާހާބެރަކަށް ނަށާ އެމީހުން ހެ ދިއްޔާ ހެ ދިގޮތެއް ހަ ދާންވީ. ޝައިޠާނާ ބައެއް . ދިވެހިންވެސް ގެންގޮއްސާ ތިބި ހިސާބުމީ
ސާބަސް ތީނާ އަންފްލޯ ކޮށްލާ...
އަންފޮލޯ އެކަންޔެއްނޫން އޭނަގެ އެކައުންޓް ރިޕޯޓްވެސް ކުރަންވީ
ކަށްގަނޑާ... ތުމާރާ ޖަނގިޔާ ނެހީ ޗޯޅުންގާ މުޖޭ. ރީތި ގޮތަކަށް ނިމިގެންދާނެ މީހެއްމީ. ޓްވިޓާއިން ބޭރުކޮށްލައިފި. އިންސްޓަގުރަމް ގައި ޖަހަ ޕޯސްޓް ދިލީޓް އެބަކޮށްލާ.
މީނަ ރާއްޖެއަށް އެރުން މަނާކުރުމަށް ސަރުކާރަށް ގޮވާލަން.
ޢެެއީ ކީއްވެ ރިތިގޮތަކަށް ނިމެންވީ
ކަންގަނާ އާއި ކަލޭގެ އިންޑިއާ ބައިވެރިން މުސްލިމުންނަށް " ޓެރަރިސްޓުން " ނޭ ގޮވިއަސް އަސްލު ޓެރަރިސްޓުން ނަކީ ތިކަހަލަ މީހުންކަން އެންމެންވެސް ދަނޭ !
އޮރިޔާންހާލުގަ ހުރި އަންހެނެއް އޭނާއަކީ ބ ކާފަރު މީ ދެން ކާކު އާރެއް ބާރެއް ނެއް
ކާފަރުންނަކީ ހަގީގީ ޓެރަރިސްޓުން. އެމީހުންނަކީ އެމީހުން ހެއްދެވި އިލާހުވެސް ނުދަންނަ ބައެއް. ކުފުރުގެ ބައުގަނޑެއް. ﷲ ހެއްދެވި އިންސާނެއް އެއީ ކަލާންގެ ކަމަށް ހަދާ ަޅުކަން ކުރަމުން އަންނަ ޖާހިލު އިޒޫރޭލު އިނދަޖެހި، މި ނުބައި ނުލަފާ ކާފަރުން ނިކަމެތިކުރައްވާ، މުސްލިމުންނަށް ގަދަކަންދެއްވާފާންދޭވެ. އާމީން.
އަހަރުން އެއް އިރެއްގައިވެސް ތިބައިގަނޑު ފޮލޯ ކޮށް ނުހަދަން. އިސްލާމް ދީނާ ދުރު އަދި އެއްވެސް އޮއްޓަރެއް ނެތް މީހުން ފޮލޯކޮށް އެމީހުން އުޅޭހާ ގޮތްގޮތަށް އުޅެންހަދައިގެން، އެމީހުންގެ އަމަލުތަށް ޒީނަތްތެރިކޮށްގެން ގޮސް މުޅި އުންމަތް ހަލާކުވެއްޖެ.
ގެރިގުއި ރާނީ
ބަރާބަރު ވާހަކައެއް. ރެޑިކަލް މުސްލިމުން އިހަށް ދުވަހު ރާއްޖޭގައި ވެސް ބޮން ގޮއްވީ، އަފުއާނިސްތާނުގައި 58 ކުދިން މަރާލީ
ތިޔަބުނާ އަމަލު އެހެން ބައެއްގެ ކިބައިން ދުވަހަކުވެސް ނުފެނޭ އެހެން ނޫންތޯ؟؟ފުރަތަމަ ބޮޑު ހަނގުރާމަ ދެވަނަ ބޮޑު ހަނގުރާމައިގެ ހިސްޓްރީ ހޯދާ ބަލާލަބަލަ..ކިތަށް މީހުންތޯ މަރާފަ ހުރީ!!ގުނާ އަދަދު ނުކުރެވޭ..އެހެން ނޫނަސް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ މުޖާހިދުންނާ ދިމާލަށް ތިހެން ނުބުނެވޭނެ..އެމީހުން ހަނގުރާމަކުރަނީ އެމީހުންގެ ދީނަށާއި ޤައުމަށްޓަކާ. އަދި އެމީހުންގެ ނަފްސުތަކަށާއި މުދަލާއި ގޯތިގެދޮރަށް ބޭރުން އައިސްތިބި ބަޔަކު ހަމަލާ ދޭތީ އެކަމުގެ ދިފާއުގަ..އަހަރެމެންގެ މިޤައުމަށްވެސް ބޭރުން ބަޔަކު އަރާ ހަމަލާ ދޭއިރު ތިބާ ހުންނާނީ ހެވިދއްލިފަ ކުޅިބަލަންތަ؟؟؟ހައްޤުން ކަމަކާނުލާ ޤައުމަކަށް އަދި މީހަކަށްވެސް ގެއްލުންދިނުމަކީ އެއްވެސް ހާލެއްގަ ބަލައިގަނެވޭނެ ކަމެއް ނޫން..
ކަލޯ އުބާ އެހާ ބާރުނެތީ އެންނަމަ މިހާރު މުޅިދުނިޔެ އަންދާލާފާނެ
އައިލަވްޔޫ ކަންގަނާ.
އަހަރުމެން ދުވަހަކުވެސް ކާފިރުން ފޮލޯ ނުކުރަން.
ފޮލޯރ އެއްވެސް ނުކުރަން، އިޒްރޭލުން އިންޑިއާ އަށް ހަމަލާ ފިނަމަ ނޫނީ އިންޑިއާގެ ތަންތަނަށް ހަމަލަ ދީ އިންޑިއާގެ ދީނީ ތަންތަނަށް ވަ ދެއްޖެނަމަ އިންޑިއާ ޑިފެންޑްއެއް ނުކުރާނަން ތަ؟ ފަލަސްތީންގެ ނިކަމެތި ރައްޔިތުން މަސްޖިދދ ދުލް އަގްސާގަ ތިއްބާ ހަމަލާ ދީ އެތަށް ބައިވަރު ބަޔަކު މަރާލީ....އިންޑިއާޔަކީ ނުލަފާ ބައެއް.... އަނިޔާވެރިކަން ނިހާޔަތަށް
އަ ދިވެސް ދެގަޑިން ދެގަޑިން ކާ ބޭހެއްހެން މި ޝައިޠާނުންގެ ޚަބަރުތައް ނޫހުގާ ޖަހާތި. ބަޔަކު ދެން ވިސްނަންވެއްޖެއެއްނޫން މިކަމާ. އަ ދިވެސް އަޑަށް ބާރުލާފާ މި ބުނަނީ ކަންގަނާއަކީ އަ ދި ބޮލީވުޑްގެ ގިނަ ފިލްމީ މީހުންނަކީ އިންސާނުންގެ ސިފައިގާ ތިބި ޝައިޠާނުންތަކެއް. އެމީހުންގެ އަޚްލާޤާ ސަޤާފަތާ ވާހަކަޔާ މީސްތަކުން މަގުފު ރެއް ދުމަށް ނެރޭ ފިލްމުތަކަކީ މިބުނި ބަހުގެ މައްޗަށް އޮތް ސާފު ހެއްކެތް.
ބިން ސަލްމަނު ސިފަ ކުރްނި ކޮން ގޮތަކަށް ތޯ
ރަނގަޅު ވާހަކައެއް. މި ބައިގަނޑުގެ ދުއްޕާން ނުޖެހޭ ގައުމެއް ދުނިޔޭގަ ނެތޭ! ލަ ދުކޮބާތަ؟
ކަންގަނާ އަކީ ވަރުގަދަ ޝަހުސިއްޔަތެއް. ސެލުއުޓު ޔޫ
މޮގޮމްބޯ، ކަލޭ އިންޑިއާ އަށް ދިރިތެޅެން ދޭބަލަ!
ތިޔަބުނާ އަމަލު އެހެން ބައެއްގެ ކިބައިން ދުވަހަކުވެސް ނުފެނޭ އެހެން ނޫންތޯ؟؟ފުރަތަމަ ބޮޑު ހަނގުރާމަ ދެވަނަ ބޮޑު ހަނގުރާމައިގެ ހިސްޓްރީ ހޯދާ ބަލާލަބަލަ..ކިތަށް މީހުންތޯ މަރާފަ ހުރީ!!ގުނާ އަދަދު ނުކުރެވޭ..އެހެން ނޫނަސް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ މުޖާހިދުންނާ ދިމާލަށް ތިހެން ނުބުނެވޭނެ..އެމީހުން ހަނގުރާމަކުރަނީ އެމީހުންގެ ދީނަށާއި ޤައުމަށްޓަކާ. އަދި އެމީހުންގެ ނަފްސުތަކަށާއި މުދަލާއި ގޯތިގެދޮރަށް ބޭރުން އައިސްތިބި ބަޔަކު ހަމަލާ ދޭތީ އެކަމުގެ ދިފާއުގަ..އަހަރެމެންގެ މިޤައުމަށްވެސް ބޭރުން ބަޔަކު އަރާ ހަމަލާ ދޭއިރު ތިބާ ހުންނާނީ ހެވިދއްލިފަ ކުޅިބަލަންތަ؟؟؟ހައްޤުން ކަމަކާނުލާ ޤައުމަކަށް އަދި މީހަކަށްވެސް ގެއްލުންދިނުމަކީ އެއްވެސް ހާލެއްގަ ބަލައިގަނެވޭނެ ކަމެއް ނޫން..
ތިއަށް ވުރެ ތާހިރު ފޮޓޮއެއް ނެތްތަ އޭނަގެ؟
ކަންގަނާ ހޫ؟ ޑޯންޓް ނޯ ހަރ..
އޭނާ ރާއްޖެއަށް ވަނަ ދީގެން ނުވާނެ. އޭނާއަކީ ޓެރަރިސްޓުންނަށް ވާގިިވެރިވާ ނުލަފާ މީހެއް
ވީ އާ ވިތް ޔޫ ކަންގްނާ ސްޓޭ ސޭފް
ހަޔާތް ނެތިގެން ތެޅޭ އަންހެނެއް. ކޮން ޒަމާނެއް މިވައްތަރަށް ތެޅޭތާ. މީނަ އުޅޭ ފިލްމެއްވެސް ދެން މިޤައުމުގަ އަޅުވަމް ނުވާނެ
ބަލާނަން
ތީހަމަޖެހޭމީހެއްނުން ބޮލީވުޑްގެވެސް އެއްމެންކަހަލަގޮތަކަށް ތީނައުލޭނީ ޖައްލސާލައިގެން އެނޫނަސް އިސްލާމްދީނޭކިޔައިގެން އެއްޗެހި އެކިޔަނީ ކޯއްޗެއް އެނގިގެން ، ތީނަގެ އުނދަގުލާއި ހުރެއިންޑިޔާވެސް އެއުޅެނި ސަލަމަތް ނުވެވިގެން. މަވެގަނެގެން އުޅޭމީހެއްތީ
މުސްލިމުންނަކީ ޓެރަރިސްޓުން ކަމެއް ނޭނގޭ ރާއްޖޭގައި މީހަކުމަރާލަން ހަމަލައެއްދީފިނަމަ ނުވަތަ ވަޅިހަރާ މީހަކު މަރާލާއިރަށް އެމަލާ ދިންބަޔަކު ހިފާ ހައްޔަރުރާއިރަށް އެއާވިއްދާ މިނިވަންފިކުރުގެ މީހުން ހައްޔަރުކުރަން ގޮވާމީހުންގެ އަދަދު ވަރަށްގިނަކަން ފާހަގަވޭ
ދުނިޔޭގަ ކަން ހިނގާގޮތް ރަނގަޅަށް ހޯދާބަލާލާފަ އެދުރުބެޔަކަށް ވެގެން ދެން އެއްޗެއް ބުނޭ..މިހާރު ދުނިޔޭގަ ލޯތަކަށް ދައްކަނީ އެހެން ކުލައެއް އަޑި އަޑިން ހިންގަނީ އެއަށްވުރެ ނުބައި ޖަރީމާއެއް..
އިންޑިޔާ އިގިރޭސިން ހިފާފަ އޮތް އިރު އެގައުމު ސަލާމަތް ކުރީ ޓެރަރިސްޓުން ކަމަށް ނުވާނަމަ ފަލަސްތީނު މީހުން ޓެރަރިސް ޓުން ނަށް ނުިވާނެ. ތިމާގެ ސިކުޑި ވަކިގޮތަކަށް ވިސްނުން ހުރެެގެން ވަހަކަ ދައްކާނަމަ ހަމަ ދެއްކޭނި އެމީހަ ބެނުން ވާގޮތަށް.ހަގީގަތް އެނގޭނެ އެކަމަކު ބަސް ބުނެވެނި އެހް ގޮތަކަށް.މީނައަކި އަމުދުން ސިނަމާގަ އެހާމަގުބޫލު މީހެއްވެސް ނުން އެހެންވެމިކަހަލަ ކަންކަން ކޮށްގެން މަސްހޫރު ވާން އުޅޭ މިހެއް.