ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން 72 ދުވަހަށް ކައިވެންޏެއް ކުރިކަން އެނގޭ ހެއްޔެވެ؟. މިއީ ހިނގާފައިވާ ކަމެެކެވެ.

މަޝްހޫރު މޮޑެލް ކިމް މި ވާހަކަތައް މިހާރު ދައްކައެވެ. އެނާ މި ވާހަކަދެއްކި ނަމަވެސް އެކަން ކިޔައިދޭންވެސް ނޭނގޭ ކަމަށް އޭނާ މި ވަނީ ބުނެފައެވެ.

ކިމް ކާޑޭޝިއަން އޭނާގެ ކުރީގެ ކައިވެނީގެ ވާހަކަ ކިޔައިދޭން ނޭނގޭ ކަމަށް ބުނެފައި ވަނީ ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ އެޕިސޯޑެއްގައި ސްކޮޓް ޑިސިކް އާއި ވާހަކަ ދައްކަމުންނެވެ.

40 އަހަރުގެ ކިމް އާއި އޭނާ އެންމެ ފަހުން ކައިވެނި ކުރި ކާންޔޭ ވެސްޓް ވަރިކުރުމަށްފަހު މިހާރު އެންމެ ބޮޑަށް ވައިގެ ތެރޭގައި ހިފާފައި ވަނީ އެ ކައިވެނި ރޫޅެން ދިމާވި ކަންތަކުގެ ވާހަކަ އެވެ.

ކާންޔޭ އަކީ ކިމް ތިންވަނައަށް ކައިވެނިކުރި މީހާ އެވެ. އެ ކައިންވެންޏަށް ދެ ކުއްޖަކުވެސް ވަނީ ލިބިފަ އެވެ. ކިމް އިންޓަވިއުއެއްގައި ބުނީ އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅު، ނޯތް ވެސްޓް އަށް އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭއިރު ދެވަނަ އަށް ކުރި ކައިވެނީގެ ވާހަކަ ކިޔައިދޭން ނޭނގޭ ކަމަށެވެ.

ކިމް ބުނީ އޭނާ 72 ދުވަހަށް ކުރި ކައިވެނީގެ ވާހަކަ ދަރިފުޅަށް ކިޔައި ނުދޭނެ ކަމަށެވެ. ނަމަވެސް ސްކޮޓް ބުނެފައި ވަނީ ކިމް އެވާހަކަތައް ކިޔައި ނުދިނަސް އެ ނޯތް އަށް ކޮންމެވެސް ދުވަހަކުން އެވާހަކަތައް އެނގޭނެ ކަމަށެވެ. އަދި ނޯތް ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން ބަލާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކިމް 72 ދުވަހަށް ކައިވެނި ކޮށްފައި ވަނީ ކްރިސް ހަމްފްރީސް އާއި އެވެ. އެ ކައިވެނި ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން އިން ވެސް ވަނީ ދައްކާފަ އެވެ. މި ކައިވެނި ރޫޅިފައި ވަނީ 2011 ވަނަ އަހަރުގައި އެވެ. އެ މީހުން ކައިވެނި ކުރިކަން ޓީވީ މެދުވެރިކޮށްވެސް ދެއްކި އެވެ.

ކިމްގެ ހަތަރު ކުދިން ތިބެ އެވެ. އެއީ ނޯތް، ސެއިންޓް، ޗިކާގޯ، ޕްސަލްމް ވެސްޓެވެ. އޭގެ ތެރެއިން އެންމެ ދޮށީ ނޯތް އެވެ. ނޯތްއަކީ ކިމް އާއި ކާންޔޭ ކައިވެނި ކުރުމުގެެ ކުރިން ލިބުނު ކުއްޖެކެވެ.