އިސްރާއީލްގެ އަނިޔާވެރި ވަކިތަކުގެ ދަށުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ރާއްޖޭގައި ބާއްވާ ހަރަކާތްތަކަށް އެހީވުމަށް މަޝްހޫރު މޮޑެލް ކައިޒީން އިއްޔެ ބެހި ފަލަސްތީންގެ ދިދަތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވެއްޖެއެވެ.

ފަލަސްތީންގެ ދިދަތައް ހިލޭ ބެހުމަށް ނިންމި ކަން، ކައިޒީންގެ އިންސްޓަގްރާމް ޕޯސްޓްގައި އިއުލާން ކުރުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ދިދަ ހޯދައިފައެވެ. ކައިޒީން އެންމެ ފުރަތަމަ ބެހުމަށް ނިންމީ 3،000 ފަލަސްތީން ދިދައެވެ.

ކުޑަ ދެ ކުއްޖަކު ފަލަސްތީނާއި ރާއްޖޭގެ ދިދަ ހިފަހައްޓައިގެން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކައިޒީންގެ ޓީމުން "ވަގުތަށް" މިއަދު ބުނީ މާލޭގައި ހުރި އެމް7 ގެ ބުކްޝޮޕްތަކުން ދިދަ ބަހަން ފެށިތާ ބައިގަޑިއިރު ތެރޭގައި ހުރިހާ ދިދައެއް ބަހައި ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހުރި އެމް7 ގެ ބުކްޝޮޕަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ދިދަ ހުސްވި ކަމަށް އެ ޓީމުން ބުންޏެވެ.

އާންމުންގެ މެދުގައި އެހާ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން އިތުރު 3،000 ދިދަ ބެހުމަށް ކައިޒީންގެ ޓީމުން ނިންމިއެވެ. އަދި އެ ދިދަތައް ވެސް ބުކްޝޮޕްތަކާ ހަވާލު ކުރުމާ އެކު، ދިދަތައް ހުސްވާން ވެސް ނެގީ މަދު ވަގުތުކޮޅެއް ކަމަށް ކައިޒީންގެ ޓީމުން ބުންޏެވެ.

ކުޑަ ކުއްޖަކު ފަލަސްތީންގެ ދިދަ ހިފައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެ ޓީމުން ބުނީ، ކައިޒީންގެ ފަރާތުން 6،000 ދިދަ ބެހީ ފަލަސްތީންގެ ރައްޔިތުންގެ ދިފާއުގައި ތިބިކަން ހާމަކޮށް ރާއްޖޭގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ފަލަސްތީނާ އެކު ތިބި ކަން ތިން ޒުވާނަކު އިއްޔެ ދައްކާލަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެމް7 ގެ އައުޓްލެޓްތަކަށް ދާ ކޮންމެ މީހަކަށް އިއްޔެ 10 ދިދަ ދީފައިވެއެވެ.

އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 63 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ 20 މީހަކު ޝަހީދުވެފައިވާ އިރު، އެ ދެ ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 12 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލިބެ

    ޢޭނ!

    8
    1
  2. ޕާޕަ ޕާޕާ

    އަހަރެންނަށް ފަލަސްތީންގެ ހިތާގައި ބައިވެރިނުވެވުނީ ކައިޒީން ބެހިދިދަ ނުލިބިގެން. :ޕ

    • އަސްލު

      އަސްލުވެސް މަދުވަގުތުކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ ދިދަ ތައް ހުސްވުމަކީ ދިވެހިންގެ ހިތްތަކުގައި ޢައްޒާޔަށް އޮތް ލޯބި ހާމަވާކަމެއް.
      ކޮންމެހެން ކައިޒީންއަށް ތާއީދުކުރާ ތީ އެއް ނޫން.
      ތިދިދަތައް ބަންގާޅިމީހަކު ބެހިޔަސް ދިވެހިންގަންނާނެ..ވީ ލަވް ފަލަސްތީން

      25
      2
  3. ބާބުލްއަވާލީ މަލިކު

    ނަންވީ ކައިޒީން އަށް! އެހެން މީހުން ކަންކުރީ! ކައިޒީންގެ އެންމެ ރުފިޔާ އެއްވެސް ތިކަމަށް ހަރަދު ނުކުރަން.

    20
    2
  4. ައާދަންބެ 19 މެއި 2021

    ބަހާލަން ދިދަ ދެވިދާނެ އެކަމަކު އޮރިޔާން ނިވާކުރަން ނުވޭބާ.

    11
    4
  5. ޖަނާބު

    ޝުކުރިއްޔާ ކައި. ކޮންމެމީހަކު ކުރިޔަސް ރަނގަޅުކަމެއް ވާނީ ރަނގަޅުކަމަކަށް. އޭނާގެ ހިތުގާއޮތްޗެއް އަހަރެމެންނުޖެހޭ ބަލާކަށް.

    6
    3
  6. ެެެޖޖ

    ތި ބަހާ ދިދަ އަށްވުރެ މާ ރަނގަޅު ވާނެ ފަލަސްތީނުގެ ކުދިންނަށް ކާނެ ހުރިހާ ކަމެއް ކުރަން ރުފިޔާ ހަދިޔާ ކުރިއަސް.... ފްރީ ފަލަސްތީން ޖަހާގެން ދިދަ ބެހުމަށް ވުރެ ރަނގަޅު ވާނެ އެތާގައިވަ މީހުންނަށް ދުއާ ކޮއްދިނަސް.... މޮޑެލް ކޮއްފަ ދިދަ ހިފައިގެން ފޮޓޯ ނެގުމަށް ވުރެ މާ ރަނގަޅު ވާނެ އިހުލާސްތެރި ކަމާ އެކީ ދުޢާ ކުރިއަސް....

    13
    1
  7. ެެެެމދމ

    ތި ބަހާ ދިދަ އަށްވުރެ މާ ރަނގަޅު ވާނެ ފަލަސްތީނުގެ ކުދިންނަށް ކާނެ ހުރިހާ ކަމެއް ކުރަން ރުފިޔާ ހަދިޔާ ކުރިއަސް.... ފްރީ ފަލަސްތީން ޖަހާގެން ދިދަ ބެހުމަށް ވުރެ ރަނގަޅު ވާނެ އެތާގައިވަ މީހުންނަށް ދުއާ ކޮއްދިނަސް.... މޮޑެލް ކޮއްފަ ދިދަ ހިފައިގެން ފޮޓޯ ނެގުމަށް ވުރެ މާ ރަނގަޅު ވާނެ އިހުލާސްތެރި ކަމާ އެކީ ދުޢާ ކުރިއަސް.... ހުއްއއއއއއއއ

    5
    1
  8. އާސިދާ

    އަބަދިވެސް އެންޑީއޭ މީހުން ބަލާނެ ކޮންމެ ރަނގަޅު ކަމެއް ބަޔަ ުކ ކުރަންޏާ އެ ކަމަ ކައް ހަޖޫޖެހޭތޯ އަދި އެ ކަމެއް ހުއްޓުވަން ކީ ކުރާނީ ތިޔަބައިގަނޑު ވަރައް ބޮޑުވެއްޖެ......ސައިންދާ އަދި ވެލްޒިނީ

    3
    2