އައިޝަތު ޝިރާނީ، މަރިޔަމް ނިޝާ އަދި ނިއުމާ މުޙައްމަދަަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އުހުގައި ފިޔަ ޖެހުމަށް ފަހު، މިހާރު ފިލްމީ ދާއިރާއާއި ދުރަށް ޖެހިލާފައިވާ ތިން ފަންނާނުންނެވެ. އިންޑަސްޓްރީއާއި ދުރުވީ ނަމަވެސް، ތިން މީހުންނަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަގްބޫލު ބައެކެވެ. ގިނަ ބަޔަކު ލޯބިވާ ފިލްމީ ދާއިރާއިން ކާމިޔާބީތަކެއް ތިން ފަންނާނުން ވެސް ހޯދާފައިވެއެވެ.
ދުވަސްތަކަކަށް ފަހު ތިން ފަންނާނުން ފެނިގެން ދިޔައީ ބައިސްކޯފުން ގެނެސްދޭ 'ތުންތުން މަތިން' ޕްރޮގްރާމުގެ ތެރެއިންނެވެ. ޕްރޮގްރާމުގައި ބައިވެރިވެ ތިން މީހުންވެސް ވާހަކަ ދައްކައި، އެތައް ވާހަކައެއް ހިއްސާ ކޮށްފައިވެއެވެެ. އެގޮތުން، ފިލްމީ ދާއިރާގައި މީގެ ކުރިން ކަންތައްތައް ހުންނަ ގޮތާއި މިހާރާއި ހުރި ތަފާތު ކިޔާލަދީ އަޅާ ކިޔެވެ.
ދާއިރާގައި އެންމެ އުހުގައި ތިބި ފަންނާނުންގެ ގޮތުން، ކުރެވުނު އުންމީދުތަކެއްގެ ވާހަކަ ހިއްސާ ކުރިއެވެ. ބޭނުންވި ވަރަށް ދާއިރާގެ ކަންތައްތައް ކުރިއަރައިގެން ގޮސްފައި ނުވާކަމަށް މަރިޔަމް ނިޝާ ބުނެއެެވެ. ނިޝާ ބުނީ ރާއްޖެ ކުއްޖަކު ބޮލީވުޑްގެ ފިލްމަކުން ފެންނަން ބޭނުންވި ކަމަށެވެ.
"އަސްލު ދާން ބޭނުންވި ހިސާބަށް އިންޑަސްޓްރީގެ ކަންތައްތައް ދިޔަ ނަމަ، މިހާރު އަހަރުމެންގެ ތެރޭގައި ކިތައް ކުދިން ބޮލީވުޑްގައާއި ތަންތާންގަ އުޅެލާނީ. އެއީ އަސްލު ބޭނުންވި ހިސާބު" ނިޝާ ބުނެއެވެ.
ކުރިއާއި އަޅާ ކިޔާއިރު، ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ތިން ފަންނާނުން ވެސް ގަބޫލު ކުރެއެވެ. ޓެކްނޮލޮޖީ އާއި ކެމެރާ ވެސް ބަދަލުވެފައިވާކަން ފާހަގަ ކުރިއެވެ. ބަދަލު ވެފައިވާ ކަންތައްތައް ކިޔައިދިނުމުގެ ތެރެއިން ތިން ފަންނާނުން ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުން ދިޔަ ދުވަސްތަކުގެ ހަނދާން އާކޮށް ވާހަަކަ ދައްކާފައިވެއެވެ.
އެގޮތުން މީގެ ކުރިން ލަވަތަކުގެ ޝޫޓިންގް އަށް ދަނީ އެއްވެސް ވަރަކަށް ތައްޔާރު ނުވެ ކަމަށް މި ތަރިންތައް ބުންޏެވެ. ގިނަ ފަހަރަށް ނެށެން މިއުޅެނީ ކޮން ލަވައަކަށްކަން އިނގެނީ ވެސް ޝޫޓިންގް އަށް ދިޔައީމަ ކަމަށް ބުނެފައި ވެއެވެ. އެއީ ތަފާތު ހުނަރެކެވެ. ހަމަ ކުޅަދާނަ ކަމެވެ. މިހާރު ލަވަތަކަށް ޕްރެކްޓިސްކޮށް ތައްޔާރުވެެގެން ނަގާފައި ހުންނަ ލަވަތަކަށް ވުރެ ކުރީގައި ކުޅެފައި ހުންނަ ލަވަތަކެއް އެންމެ ތަންފުކެއްވެސް ދެރައެއް ނޫނެވެ.
ޝިރާނީ ބުނީ ޝޫޓިންގް އަށް ގޮސް ސްޓެޕްތައް ޖައްސަނީ އެވަގުތަކު ހިޔާލަށް އައި ސްޓެެޕެއް ކަމަށެވެ. ކުރީގެ އެހެން ލަވަތަކުން ފެނިފައި ހުންނަ ސްޓެޕްތައް ޖައްސާ ކަމަށް ބުނެއެވެ. ޕްރެކްޓިސް ނުކޮށް ލަވަ ކުޅުނު ނަމަވެސް، ދިވެހިންނަށް އެ ލަވަތައް ކަމުދެއެވެ. މިހާރު ވެސް އޭރުގެ ލަވަތައް ބަލާ މީހުން މަދެއް ނުވާނެއެވެ.
ޝިރާނީ ހާދަ ރީއްޗޭ
އަންހެނަކުނުފެނުނަސް ފިރިހެނަކު ލީޑިންގދެކެރެޓާގެ މޭކަޕްގައި މަސައްކަތްކޮށްފަވޭ އިތުރުދިވެހިންވެސް އެފިލްމުގަ ގިނަމަސައްކަތްތަކެއްކުރި ވަރަށްބޯކޮށްސަލާމް!
ލޮލް…
ޖޯކެއްތަ 😂😂
ނިޝާ އާއި ޝިރާނީ ގެ ޒަ މާނަކީ ދިވެހި ފިލް މީ ދުނިޔޭގެ ރަންޒަ މާން..
އަޗޭ. ހުވަފެނުގަ. ދިވެހި ފިލްމްސްޓާރުން އުޅޭކަ މެއް ނުދެނަހުރިން. ޚެކެކެކެކެ. ހަ މަ ހިނިއަންނަނީ. މޮޔަވެދާނެ.
މަވެސް ވަގަކަށް ހަދައިފި. އެފިލް މުގަ ތަ. ވާހަކަ ލިޔަނީ ނަހުލާ. ހިތުން ޕޫޖާބަޓް. ކަ މުން މުރަނގަ ގަސް ދޮށު މާލި މީ.ބޮލީބުޑޯ. އެ މީހުން އެ އުޅެނީ އަޅެ މޮޔަވެގެންތަ... ކަލޭ މެން ލައިގެން ފިލް މު ކުޅެން.
ޝިރާނީ ވަރެއް ނެތް !!!
މި ގަރުނުގެ އެން މެ ބޮޑު ޖޯކު. ބޮލީވުޑޯ.. ފުލައިވުޑް މީހުން ބޮލީވުޑަށް. ޚެކެކެކެކެ. ޙަހަހަހަހަހ
ބޮލީވުޑް ކަހަލަ ޝައިޠާނީ އިންޑަސްޓްރީއަކަށް ދާނީ ހަ މަ އެ މީހުން ކަހަލަ ޝައިޠާނާޔަށް އަޅުކަންކުރާ ޝައިޠާނުން.
މީކަލޭމެން ތިއުޅޭ ފަޅީގެ ކަމެއްނޫން
އިންޑިއާގެ ހިންދީ ސަގާފަތް ރާއްޖޭގައި ފެތުރުން ހުއްޓުވަން ހިންދީ ފިލްމު ރާއްޖެ އެތެރެކުރުން މަނާކުރަންޖެހޭ، ތިޔައީ ދިވެހިންނާ މާކަ ގުޅޭ އެއްޗިއްސެއްނޫން، ތިއެއްޗެއް ބަލާއުޅެނީ ބޭރުގައުމުތަކުގައުޅޭ އިންޑިއާމީހުނާ ދިވެހިން، އެހެން ބަޔަކު ބަލާއުޅޭ އެއްޗެއްނޫން ތިޔައީ.
ކުރިން މާގަދަޔަށް ތިބުނާ އެއްޗެހި ބެލި. އޭރު އިނގިރޭސި ސީރީސް ފިލްމަކީ ދަންނަ އެއްޗެއްސެއް ނޫން. ދެން އޭރު ކީއްވެ މީހުންގެ އަހުލާގު ބަދަލުނުވީ
ހިންދީ ފިލްމާ ދެންހުރި ފިލްމު އެތެރެކުރާކަށް ނުޖެހޭ ޑައުންލޯޑުކުރެވޭ ކޮންޒަމާނެއްގަ ތީނީ
😂😂😂😂
ޝިރާނީގެ ފިލްމްތައް، އަދިވެސް ބެލެނީ ޝިރާނީ އަކީ ބެސްޓް.
ރާއްޖެކުދިން ފެންނަންވީ ބޮލީވުޑުންހެއްޔެވެ. ދުނިޔެ ބިރުވެރިކަމާ ނާމާންކަމުން ފުރި ގޮތްހުސްވެގެން ދާއިރު އަދިވެސް މާތްﷲ އަށް އުރެދުންވާ ކަންކަމުގެ ތެރޭގައި ޣަރަޤުވެގެން އުޅެންވީހެއްޔެވެ. ބޭކާރު ކަންކަމުން ދުރުވެ އަވަހަށް ﷲ ގެ މަގަށް ރުޖޫޢަވެ ގިނަގިނައިން މިސްކިތްތަކަށް އަރައި ނަމާދުކޮށް މި މުސީބާތުން މިންޖުކޮށްދެއްވުމަށް މާތްﷲ އަށް ދަންނަވައި އިސްތިޣްފާރުކުރަމާ ހިނގާށެވެ. އޭ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަޅުގަނޑުމެން ޣައިރު މުސްލިމުން އުޅޭހެން އުޅެގެން ސަލާމްތަވެވިދާނެކަމަށް ބަލާނަމަ އެއީ ވަރަށްބޮޑު ކުށް ހީއެކެވެ. އެހެންކަމުން އަވަހަށް ތައުބާވެ ވިޔާނުދާ ކަންކަން ދޫކޮށްލައި ހެޔޮކަންކަމުގައި ހިފާށެވެ. ހެޔޮކަންތަކުގެ ތެރޭގައި ދުނިޔަވީ އުފާތައް ހޯދިދާނޭ ރަނގަޅުކަންކަންވެސް ހުރިކަން ހަނދާންކުރާށެވެ. މިިކޮރޯނާގެ ނުރައްކާތެރިކަމުންނާއި އަދި އެހެނިހެން ވަބާތަކުން އަހަރެމެންނަށް ސަލާމަތްކަން ލިބުންވަނީ މިފަދަ ހެޔޮ ޢަމަލުތަކުންކަން ވިސްމަނާތޯއެވެ. ކިތައް މީހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިފަނާވަނިވި ދުނިޔެއާ އަލްފަދާޢު ކިޔައިފިހެއްޔެވެ. ފަހެ އެމީހުންނަށްވެސް އެމީހުން ކުރި ޢަމަލަކުން ޖަޒާލިބެއްނުވެއެވެ. މިއިމްތިޙާނުގެ ވަގުތު ބޭކާރުކޮށްލައިފިނަމަ އަހަރެމެންގެ އާޚިރަތުގެ ދާއިމީ ޙަޔާތުގައި ނިމުމެއްނެތް ޢަޒާބާއި ކުރިމަތިވާނެއެވެ. މިއަދު ވެންޓިލޭޓަރުގައި 24 ގަޑިއިރު ކެތްކޮށްލަންވެސް ބޮޑު މުޞީބާތަކަށް ވާއިރު އެޙަޔާތުގައި ދާއިމަށް ޢަޒާބުގައި ތިބުމަށް ފަހެ ކެތްކުރާނީ ކިހިނަކުންހެއްޔެވެ. މާތްﷲ އަހަރެމެންނަށް ފުރިހަމަ ހިދާޔަތް މިންވަރު ކުރައްވާށިއެވެ. އަދި ދިވެހިންނަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި އަބަދުވެސް ލައްވާށިއެވެ.