ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި އަދި މަޝްހޫރު ސުޕަ މޮޑެލް ކިމް ކާޑޭޝިއަންގެ ފަސް އަހަރުގެ ދަރިފުޅު ސެއިންޓް ވެސްޓް، ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ކިމް ކާޑޭޝިއަންގެ ދަރިފުޅު ކޮވިޑަށް ފައްސިވެފައިވާ އިރު ކިމްގެ އާއިލާގެ މެމްބަރުތަކެއް މީގެ ކުރިން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ކިމްގެ ކުރީގެ ފިރިމީހާ، ކާންޔޭ ވެސްޓް އާއި ކިމްގެ އެންމެ ކުޑަ ކޮށްކޮ ކްލޯއީ ކާޑޭޝިއަން ހިމެނެއެވެ.

ސެއިންޓް ކޮވިޑަށް ފައްސިވެފައިވާކަން ހާމަކުރީ ކިމް ކާޑޭޝިއަންއެވެ. އޭނާ އެކަން ހާމަކުރީ ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ އެޕިސޯޑެއްގައެވެ. ކާންޔޭ ވެސްޓް ކޮވިޑަށް ފައްސިވެގެން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކިމް މީގެ ކުރިން ބުނީ އެކަކަށްވެސް ދިމާވެގެން އުޅޭ ކަމެއް ނޭނގޭ ކަމަށާއި އެއީ ބިރުވެރި ކަމެއް ކަމަށެވެ.

ކިމްގެ އާއިލާ
ފޮޓޯ: ބެކްގްރިޑް

ކިމް ބުނީ ގޭގައި އުޅެނީ އޭނާ އާއި އޭނާގެ ހަތަރު ކުދިން އެކަނި ކަމަށެވެ. އަދި އިތުރު ކުއްޖަކަށް ކޮވިޑް ޖެހިފައިވާކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ކާންޔޭ ކޮވިޑަށް ފައްސިވިކަން އޭނާ ހާމަކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ފޯބްސް އަށް އޭނާ ދިން އިންޓަވިއުއެއްގައެވެ. އޭނާ އޭގެ ފަހުން ބަލިން ރަނގަޅުވަންދެން އުޅުނީ ކޮވިޑް އިން ރައްކާތެރިވުމާ ގުޅޭ ވީޑިއޯތައް ބެލުމުގައެވެ.