މާލެ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ތަރައްޤީ ވެފައި އޮތް ސިޓީއެވެ. ކޮންމެ ގައުމެއްގައި ވެސް އެކަހެރި އަވަށްތަކަށް ވުރެ ސިޓީތަކުން ލިބެން ހުންނަ ޚިދުމަތްތައް ގިނައެވެ.

ސިޓީތަކުގައި ވަޒީފާ އަދާކޮށްގެން ބޮޑު މުސާރައެއް ލިބެއެވެ. ސިޓީތަކުން ރަނގަޅު ތައުލީމެއް ލިބެއެވެ. ސިޓީތަކުގައި ވަޒީފާ ނެތް މީހުންގެ އަދަދު މަދެވެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަންތައްތައް އޮތް ގޮތެވެ.

ނަމަވެސް ކެނެޑާގައި ހަތަރު ލައްކަ މީހުން ބައިވެރިކޮށްގެން ކުރި ވަރަށް ބޮޑު ދިރާސާއެއްގެ ނަތީޖާ އިން ދައްކާ ގޮތުގައި ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދަނީ އެކަހެރި އަވައްތަކުގައި ދިރިއުޅޭ މީހުންނެވެ.

ދިރާސާގެ ނަތީޖާ އިން ދައްކާ ގޮތުގައި ސިޓީތަކުގައި ދިރިއުޅޭ މީހުންގެ އުފާވެރިކަން އެކަހެރި ކުދިކުދި އަވައްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ 800 ގުނަ ކުޑައެވެ.

ދިރާސާ ކުރި ތަޖުރިބާކާރުން ބުނާ ގޮތުގައި ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ނުލިބުމުގެ އެންމެ ބޮޑު އަސްލަކީ އެމީހުންގެ މެދުގައި އިޖުތިމާޢީ ގުޅުންތައް އެންމެ ރަނގަޅަށް ނެތުމެވެ. އެކަކު އަނެކަކަށް ބައްދަލުވެ، ހީސަމާސާ ކުރުމުގެ ފުރުސަތު ނުލިބުމެވެ. ސިޓީތަކުގައި ދިރިއުޅޭ މީހުންގެ އާއިލާ މެންބަރުންނާއި އޮންނަ ގުޅުން ކުޑަކަމާއި އަދި ރަހުމަތްތެރިން ވެސް މަދުކަމަށް ދިރާސާ އިން ދައްކައެވެ.

އެހެންކަމުން ވަޒީފާގެ ފުރުސަތާއި، ރަނގަޅު ސިއްހީ ޚިދުމަތާއި، ރަނގަޅު ތައުލީމެއް ހޯދަން ވެސް މާލެ އަށް ހިޖުރަކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މިހުރިހާ ކަމަކީ ވެސް އުފާވެރި ދިރިއުޅުމެއް ހޯދަން ކުރާ ކަންތައްތައް ކަމަށްވެފައި މިއިން ކަމެއް ކޮށްގެން އުފާވެރި ދިރިއުޅުމެއް ލިބެން ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ާެަައަހްމަދު އަލީ

  ދެން އެހެންވީރު ތިޔަބޭފުޅާ މާލޭގައި އުޅުއްވަނީ ކީއްކުރަން.

 2. މަރި

  ތިދިރާސާ އަކީ 200 ޕަސެންޓް ތާއީދު ކުރާ ދިރާސާ އެއް ، ސިޓީ ތަކުން ރަގަޅު ޚިދްމަތެއް ލިބުނަސް އެޚިދްމަތެއް ހޯދުމަށް ރެޔާއި ދުވާލު ބުރަމަސައްކަތް ކުރަންޖެހޭ ، ސަބަބަކީ ސިޓީ ތަކުގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވީމާ ،

 3. ހުސޭނުބޭ

  އެހެންވިއްޔާ އުނުއޮތް ފޮށާ ވިއްކާލާފައިވެސް ޖެހޭނެ ތި ތަނަކަށް ބޯގަޅާލަން.

 4. ސަކީނާ

  ރަގަޅު ލިއުމެއް.

 5. އުމަރުމަނިކު

  100 ގެ ވާހަކައެއް

 6. ކެނެރީ ސޮނި މުގާބޭ

  ސިޓީ ތަކުގައި ބޮޑުވަނީ ހަމައެކަނި ކޮޓަރި ކުލި... ކާބޯތަކެތި ބޭސްފަރުވާ އަންނައުނު މާހެޔޮ...

 7. Anonymous

  ތިޔައީރަގަޅުވާހައެކަކުވެސްމާލެގަޕާކުތައްހަދަމުންދާއިރުމރާއްޖެއެބަތިބިނަޖިއްވެނުންވެއްވަރާމީހުންމިކަންމިސްނާނެމީހަނެން

  • މަގޭ

   ތިޔައީ ރަނގަޅު އެކަމަކު ނުރަނގަޅު ވާހަކައެއް! ހަކުރުއަޑުބައިގައިވެސް ދެކޮޅުއޮވޭ! ލައްކަވާހަކަ މިބުނީ!

 8. އަބްދުއްލާ

  ތިޔަ ވާހަކަތައް ރަނގަޅު . ކެނަޑާގެ ދިރާސާ އެއް ރާއްޖެ އަށް ކަމަކުނުދާނެ. ކެނެޑާ ގެ ކުދި އަވަށްތަކުގާވެސް އެކަށީގެންވާ އާމްދަނީ ލިބެން ހުރެދާނެ. އެކަމަކު ރާއްޖޭގެ ޖަޒީރާ ރަށްތަކަކު އާމްދަނީ ލިބޭނެ މަގެއް އަދިއެއްނެތް. ރާއްޖޭގެ ކުދި ޖަޒީރާތަކުގާ ތިބެގެން އާމްދަނީ އާ އެހެން ބޭސިކް ހިދުމަތް ލިބޭ ފެންވަރަށް ގައުމު ތަރައްގީ ވުމުން ސިޓީ އަކަށްވުވެ ވިލެޖާ ޖަޒީރާ ގައި މާބޮޑަށް ހިތްހަމަޖެހުމާ އަރާމު ލިބިގެންދާނެ

 9. އައްޔަ

  ކެނެޑާއަކީ ޑިވެލޮޕޑް ކަންޓްރީއެއް. ރާއްޖެއާއި ކެނެޑާއާއި ދިރިއުޅުމުގެ ޙާލަތު އަޅާކިޔާ ވަރެއް ނުވޭ އަދި އެހެންވީމާ!

 10. ދެކުނު އދ.

  މާލެ ސަރަހައްދުން އެންމެ ބާރު ސްޕީޑްގައި ތަރައްޤީ ވަމުން އަންނަ އަދި އެންމެ ފަސޭހައިން ތަރައްޤީ ކުރެވޭނެ ރަށަކީ ދެކުނު އދ.ގައި ހިމެނޭ މާމިގިލި. މުޅި އަރިއަތޮޅުގެވެސް އަދި ފ. އަތޮޅުންވެސް އެތަކެއް ޚިދުމަތެއް ހޯދަން ޒަމާނުއްސުރެން އަންނަ މުއްސަނދި ކަނޑުއޮޅިއެއްގައި މާސިންގާ ފަޅެއްގައި ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތަކުގެ މެދުގައި އޮތް ހިތްގައިމު މާ ރަށެއް. އާބާދީގައި 4500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރާއްޖޭގެ އެކިއެކި ހިސާބުތަކުން ވަޒީފާއަށާއި އެނޫން ބޭނުންތަކަށްވެސް މީހުން ހިޖުރަކޮށް އުޅެމުންދާ ރަށެއް. ބައިނަލްއަޤްވާމީ އެއަރޕޯޓަކާއި، ބައިނަލްއަޤްވާމީ ކަނޑުގެ ބަދަރު އެމްޕީޢެލް އެއްވެސް އޮންނަ ރަށެއް. މާމިގިއްޔަކޫ ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ފަތުރުވެރިންންގެ މެދުގައިވެސް މަޤްބޫލް ރަށެއް. މިރަށް ފަތުރުވެެރިކަމުގައި މަޝްހޫރުވެގެންގޮސްފައިޗވާ މައިގަނޑު ސަބަބަކީ ރާއްްޖޭއާއި ދުނިޔޭއިންވެސް ވަރަށް މަދުން ނޫނީ ނުފެންނަ ފެހުރިހި އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފެންނަ ޕޮއިންޓެއްގެ ގޮތުގަ.
  މިކަމާހުރެ އަރިއަތޮޅުގެ ރަށްރަށު މީހުން ރުޅިއައސް ފުންމިޔަސް ހަޤީޤަތް ބަދަލުވާނެހެއްޔެވެ.

 11. ފިއުޗަރ

  ރާއްޖެތެރޭގައި މީހުން އުޅެނީ ވަރަށް ތަނަވަސް ދިރިއުޅުމެއްގައި މާލެ އަކީވެސް ރާއްޖެތެރޭގެ ރަށެއް ކީއްވެ މިތަނުގައި އުފަލުގައި ނޫޅެވެންވީ! ކޮންމެތާކު ތިބިކަމުގައި ވިޔަސް ކޮންމެ ދިރިއުޅުމަކީ އިމްތިހާނެއް އެކަން ހަނދާންކޮއްގެން އުޅުނީމަ ހުންނާނީ ރަގަނޅައް ދިރިއުޅުމަކީ އުދަގޫ ކަމެއް ފައިސާ ހުއްޓަސް ހަމަ ނިދި ނުނިދޭމީހުންގިނައީ!! މީވަރައްވާހަކަ.