މަޝްރޫމެއްގެ ސިފައަކަށް އޮތް ވިލާގަނޑަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ފާއިތުވި ދެތިން ދުވަހު މީސް މީޑިއާގައި ދައުރުވަމުންދާ މަތީގައި އެވާ ފޮޓޯ އިން ފެންނަނީ 2016 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި އަލަބާމާ އިން ނެގި ފޮޓޯއެކެވެ. ނަމަވެސް އެފޮޓޯ ވައިރަލް ވެފައި ވަނީ އަލަބާމާގެ މީޓިއޮލޮޖިސްޓެއް ކަމަށްވާ ޖޭކް ޑުން މިދިޔަ ހަފްތާގައި އެފޮޓޯ ޓްވީޓް ކުރުމުންނެވެ.

މޫސުމާއި ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ތަފާތު ސިފަތަކަށް ވިލާގަނޑުތައް އުފެދުން އެއީ އާދަކާއި ހިލާފު ކަމެއްގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. އެފަދަ ސިފަތަކަށް އާންމު ގޮތެއްގައި ވިލާގަނޑުތައް އުފެދެނީ ވައި ޖެހޭ ގޮތަކުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މީގެ ކުރިން ވެސް ވިލާގަނޑުތައް ތަފާތު ސިފަތަކަށް ފެނިގެން ދުނިޔޭގެ ސަމާލުކަން ލިބިފައި ވެއެވެ.

އެކި ސިފަތަކަށް އުފެދޭ ވިލާތައް އާންމު ގޮތެއްގައި ވިއްސަކަށް މިނެޓް ތެރޭގައި އެހެން ސިފައަކަށް ބަދަލުވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު