ބައެއް ފަހަރު ކުރެވޭ ކަންކަމުން ވަރަށް ހިތި ނަތީޖާވެސް ނިކުމެއެވެ. ބައެއް ފަހަރު އެއީ މަޖަލަކަށް ނުވަތަ ފޮންޏަކަށް ކުރާ ކަންކަމެވެ. އެގޮތުން، މިއީ އެފަދަ ކަމެކެވެ.
އިންޑިޔާގެ ވެސްޓް ބެންގަލްގެ ވެރިރަށް، ކަލްކަތާގެ އަވަށެއްކަމުގައިވާ ޖަލްޕައިގުރީގައި، މިދިޔަ ހަފްތާ ތެރޭގައިވަނީ ބިރުވެރިކަމެއް ހިނގާފައެވެ. ޖަންގަލިން ނިކުތް ބޮޑު ހަރުފައެއް، ބަކަރިއެއް ކާލުމުން، އެތައް ބަޔަކުވަނީ ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައެވެ. އެއީ، ދެން އެސޮރު ހަމަލާ ދޭނީ އިންސާނަކަށް ނޫންކަމަށް ނޭނގޭތީއެވެ.
މިކަމުގެ ސަބަބުން، ހަރުފަ ހިފުމަށް ޖަންގަލިތަކާ ބެހޭ އިދާރާގެ، ތަމްރީނު ވެފައިވާ މުވައްޒަފަކު ގެނައެވެ. ކާމިޔާބުކަމާއެކު އޭނާ، ބޮޑު ހަރުފަ ހިފިއެވެ. އަދި، ވަރަށް ރަނގަޅަށް މަތަ ކުރިއެވެ.
ހިފައިގެން، ޖަންގަލިތަކާ ބެހޭ އޮފީހަށް ގެންދިޔުމުގެ ކުރިން އޭނާ ބޭނުންވީ، ހަރުފަ ބޭނުންކޮށްގެން އެއަވަށުގެ އާއްމުންނަށް ދައްކާލުމެއް ދައްކާށެވެ. އޭނާގެ ހުށިޔާރުކަމާއި ކުޅަދާނަކަން އެންމެންނަށް ދައްކާލާށެވެ. އެގޮތުން، ހަރުފައިގައި ހިފާ އޭނާގެ ކަރަށް ލައި އޮޅާލިއެވެ. އެހެންނަމަވެސް، އެހަރުފަވަނީ ފަހަތުން އޭނާގެ ކަރުގައި ހިފާފައެވެ. މިކަމުގެ ސަބަބުން މި ފޮރެސްޓް އޮފިސަރު ހަޅޭލަވަން ފެށިއެވެ. ކަން ދިމާކުރި ގޮތުން، ބޮޑު ގެއްލުމެއް ނުލިބެނީވެސް، އެހެން ފޮރެސްޓް އޮފިސަރުން އައިސްވަނީ އޭނާ ސަލާމަތްކޮށްފައެވެ.
މި ހަރުފައަކީ އެންމެ ވިހަގަދަ ޕައިތަން ބާވަތުގެ، 18 ފޫޓު ދިގު ހަރުފައެކެވެ.
މިކަމުން ލިބޭ އިބުރަތަކީ، ފޮނިކަން ދައްކަންކަމުގައިވިޔަސް، މިފަދަ ކަމެއް ނުކުރާށެވެ. އެފަދަ ކަމެއްގެ ނަތީޖާ ވަރަށް ހިތިވެދާނެތީއެވެ.
ޕައިތަންގަ ވިހައެއް ނުހުންނާނެ !