އިންޑިއާގައި ކުރިޔަށް ދިޔަ ކައިވެނީގެ ހަފްލާތެރެއިން އަންހެން މީހާ މަރުވުމުން، އޭނާގެ ލޯބިވެރިޔާ އަންހެން މީހާގެ ކޮއްކޮ އާއި ކައިވެނިކޮށްފިއެވެ.

މިފަދަ މަންޒަރުތައް މީގެ ކުރިން ފިލްމުތަކުން ފެނުނު ނަމަވެސް، މިފަހަރު މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައެވެ. ރިޕޯޓުތައް ބުނާގޮތުން ކައިވެންޏަށް ތައްޔާރު ވެގެން ހުރި ސާބީ މަރުވެފައިވަނީ ކައިވެނީގެ ހަފްލާ ކުރިޔަށް ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި، ހާޓް އެޓޭކް ޖެހިފައިވަނީ ހިންދޫ ކައިވެނި ހަފްލާތަކުގެ ސަގާފަތާއި އެއްގޮތަށް މި ކައިވެނީގައި ވެސް ދެމީހުން މާފަތި ބަދަލުކޮށްނިމުނުތަނުންނެވެ.

ހަފްލާގެ ތެރެއިން ލޯބިވެރިޔާ މަރުވުމުން ދެން ފިރިހެން މީހާ ކައިވެނި ކުރީ ސާބީގެ ކޮއްކޮ އާއެވެ. ސާބީގެ ކޮއްކޮ އާއި ފިރިހެން މީހާ ކައިވެނިކޮށް ހަފްލާ ކުރިޔަށް ގެންދިޔައިރު، ސާބީގެ ހަށިގަނޑު އެހެން ކޮޓަރިއެއްގެ ތެރޭގައި ބާއްވާފައިއޮތެވެ.

ސާބީގެ ބޭބެ ސައުރަބް ބުނެފައިވަނީ ސާބީގެ މަރުވެފައިވާ ހަށިގަނޑު އޮތް ކޮޓަރި ނޫން އަނެއް ކޮޓަރި ތެރޭގައި ކޮއްކޮ ކައިވެނީގެ ހަފްލާއަށް ތައްޔާރު ވަމުން ދިޔަ ކަމަށެވެ. އަދި އެއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އޭނާ ބުނެއެވެ.

އައިއޭއެންއެސް ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ސައުރަބް ބުނީ ކައިވެނީގެ ހަފްލާ ކުރިޔަށް ގެންގޮސްފައިވަނީ ދެފަރާތުގެ އާާއިލާ ގުޅިގެން ކަމަށެވެ. ސާބީ މަރުވުމާއި ގުޅިގެން ހަފްލާގެ ތެރެއިން މީހަކު ސާބީގެ ކޮއްކޮ ނިޝާ އާއި ކައިވެނި ކުރަން ރަނގަޅުކަމަށް ފިރިހެން މީހާ އަށް ވިސްނައިދިނެވެ. ސައުރަބް ބުނީ އެހިސާބުން ދެފަރާތުގެ އާއިލާއިން މަޝްވަރާކޮށް، އެގޮތަށް ކައިވެނިކުރަން ނިންމީ ކަމަށެވެ.

ސާބީގެ ޖަނާޒާގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ ކައިވެނީގެ ހަފްލާ ނިންމާލުމަށް ފަހުއެވެ.

ކައިވެނި ކުރި ފިރިހެން މީހާގެ އާއިލާއިން ބުނެފައިވަނީ ކައިވެނި ކޮށްފައިވަނީ ހިންދޫ ސަގާފަަތައް ކަމަށާއި، ކައިވެނީގެ ކަންތައްތައް ވަރަށް ފުރިހަމައަށް ނިންމާލެވުން ކަމަށެވެ. ސާބީ ވަކިވެ ދިޔަގޮތް ކިޔައިދެމުން ފިރިހެން މީހާގެ ބޮޑުބޭބެ ބުނީ ސާބީ ހޭނެތިގެން ވެއްޓުނީ އަލިފާންގަނޑުގެ ވަށައިގެން ހަތްބުުރު ޖެހުމުގެ ކުރިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    އެއީ ފިރިމީހާއަށް މާބޮޑު އަސަރެއް ކުރާނެ ކަމެއްނޫން.
    އޭނާ ބޭނުންވަނީ ޕްރަޑަކްޓެއް. އެމީހުންގެ ހަޔާތުގައި އަންހެނުންނަކީ އަގެއްހުރި ބައެއްނޫން.
    އެއީ ހިންދޫއިންގެ ޖައްބާރުކަމަކީ. އިހްސާންތެރިކަމުގެ ޒައްރެއްހުރިމީހެއްނަމަ ހަފްލާ ހުއްޓާލާފައި، މައްޔިތާގެ ޖަނާޒާކަންކަން ކުރިޔަށް ގެންދާނީ.

    59
    • އަންހެން

      އަންހެންމީހާގެ އާއިލާ މަށަށްމާގޯސް. އެއްދަރި މަރުވެފާ އޮއްވާ އަނެއްދަރީގެ ކައިވެނީގެ ހަފްލާ ބާއްވަން. ދައްތަ މަރުވެފައި އޮއްވާ އެވަގުތު ދައްތަގެ ލޯބިވެރިޔާއާއި ކައިވެނިކުރަން.

      45
      • ކޮޔާ

        އެހެންދޯ ވާނީ. އަންހެންކުއްޖާގެ އާއިލާއިން ދޭނެ އެކުއްޖާގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާއެއްޗެއް. އޭގެ އިތުރަށް ކާރާ ގެޔާ ފައިސާ ދެންވެސް ފިރިހެންކުއްޖާގެ އާއިލާއިން އެދޭހާ އެއްޗެއް. އެމީހުން އަންހެންކުއްޖާއަށް ހެޔޮކޮށްހިތާތޯ ދޭހާ އެއްޗެހި އެކުއްޖާ މްރުވިޔަސް އެއެއްޗެހި ނުލިބޭނެ. އެއްކުއްޖެއްގެ ކައިވެނިކުރެވޭއިރު އެކުއްޖާގެ މައިން ބަފައިން ތިބެނީ ބިކާރީވެފަ. އިތުރު އަންހެން ކުއްޖެއް ހުރެއްޖިއްޔާ ދެން އެމީހަކު އެވަރަށް މަސައްކަތް ކުރަނޖެހޭނެ.