އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅު ވެގެން ދިޔައީ ސިއްހީ ނިޒާމު ފޫ އަޅުވާލާ، އާންމު ރައްޔިތުންނަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. ސިއްހީ ފަރުވާ ނުލިބިގެން ކޮރޯނާވައިރަހާއި ހަނގުރާމަކޮށް، ދުނިޔެއަޅާ ގޮސްފައިވާ މީހުން ދުނިޔޭގެ ނިސްބަތައް ބެލިޔަސް ގިނައެވެ.

މި އާލަމީ ވަބާގެ ދަނޑިވަޅުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ނަމޫނާ ދައްކަމުން ދަނީ އައު މޫނުތަކެއް ނޫނެވެ. ފިލްމީ ތަރިންނާއި ލަވަ ކިޔުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މީހުން އާންމުންނަށް އެހީތެރިވުމުގައި އިސް ސަފުން ފާހަގަ ކޮށްލެވެއެވެ. އެ ލިސްޓުގެ ތެރެއަށް މިފަހަރު އިތުރުވެެގެން ގޮސްފައި މިވަނީ މަޝްހޫރު ލަަވަކިޔުންތެރިޔާ އަރްޖީތް ސިންގްއެވެ. އޭނާ އަންނަނީ ފަގީރުންނަށް އެހީވުމުގެ ގޮތުން ވާޗުއަލް ކޮންސެޓް ބާއްވަމުންނެވެ.

ފޭސްބުކްގައިި އަރްޖީތް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވީ ފަގީރު ހިސާބުތަކުގައި ކޮވިޑް ޖެހިފައި ތިބި މީހުންނަށް އެކަށީގެންވާ ފަރުވާއެެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން އޭނާ ނިންމާފައިވަނީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވާޗުއަލް ކޮންސާޓް ބާއްވައި، އޭގެން ލިބޭ ފައިސާ ކޮވިޑުން އަރައިގަތުމަށް ދޭ އެހީއެއްގެ ގޮތުން ފަންޑަށް ހަދިޔާކުރުމަށެވެ. އަރްޖީތް ބުނީ ނިންމާފައިވަނީ އެ ފައިސާއިން ޓެސްޓް ކުރާ ކިޓްތައް ހޯދުމަށާއި އެމްއާރްއައި އަދި ސީޓީ ސްކޭން މެޝިން ހޯދުމަށެވެ.

އަރްޖީތުގެ މަންމަ ވަނީ ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން މަރުވެފައެވެ. މީގެ ކުރިންވެސް އަރިޖީތު ވަނީ ނޭސަލް އޮކްސިޖަން ތެރެޕީ މެޝިނެއް އިންޑިއާގެ މެޑިކަލް ކޮލެޖަކަށް ހަދިޔާ ކޮށްފައެވެ.