ރާއްޖެއެކޭ އެއްގޮތަށް، އަވަށްޓެރި އިންޑިޔާގައިވެސް، ގުރޭޑް 10 ނިންމާ އިމްތިޙާނަކީ ވަރަށް ޚާއްޞަ، އަދި ދަރިވަރުންގެ ތައުލީމީ ޙަޔާތުގައި މުޙިއްމު ނިންމުމެއް ނިންމާ އިމްތިޙާނެކެވެ. އެއިމްތިޙާނުގެ ނަތީޖާއަށް، އިމްތިޙާނު ހެދި ދަރިވަރުންގެ އިތުރުން، އެކުދިންގެ އާއިލާތަކުންވެސް އިންތިޒާރު ކުރެއެވެ.

އެހެންނަމަވެސް، އިންޑިޔާގެ ސްޓޭޓެއްގެ 200 ކުދިންނަށް، މި އިމްތިޙާނުގެ ނަތީޖާ ބަލާލުމުގެ ނަސީބުވަނީ ގެއްލިފައެވެ.

އެޤައުމުގެ ރިޕޯޓުތައް ބުނާގޮތުގައި، މާކުކޮށްފައި ހުރި، ސާނަވީ ސްކޫލު ނިންމާ އިމްތިޙާނު ކަރުދާސްތަކެއްވަނީ، ގެއްލިފައެވެ. 200 ޕޭޕަރު ވަގަށް ނަގާފައިވާކަމަށް ބެލެވޭއިރު، މިކަން ހިނގާފައިވަނީ އިންޑިޔާގެ ބިހާރުގެ ސްކޫލަކުންނެވެ. އެސްއެސް ބަލިކާ އިންޓަރ ސްކޫލުން، މި ޕޭޕަރުތައް ގެއްލިފައިވާއިރު، އެތަކެތި ރައްކާކޮށްފައި ހުރީ ސަލާމަތީ ކަންކަން ވަރުގަދަ ކޮޓަރިއެއްގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޕޭޕަރުތައް ގެއްލިފައިވަނީ ނަތީޖާ ދައްކަން އެއް ދުވަހަށް ވެފައިވަނިކޮށް ކަމަށްވާއިރު، މިކަމާ ގުޅިގެން އެތައް ބަޔަކު ދަނީ ބިހާރުގެ ތައުލީމީ އިދާރާތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެތަންތަނުގެ ސެކިއުރިޓީ އިންތިޒާމުތަކަށް އެތައް ބަޔަކު ފާޑު ކިޔަމުންދެއެެވެ. ހަމައެހެންމެ، ޓެސްޓުތައް ހަދާ ވަގުތު ދަރިވަރުން ކޮޕީ ކުރުމުގެ މައްސަލަވެސް ކުރިމަތިވެފައިވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެކުރިންވެސް، އިންޑިޔާގައި މިފަދަ ކަންކަން ދިމާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    ކިހާ ދެރަ މޯދިބޭ.

  2. ޢާދިލު

    ސަހަލު އެއް ކަމެއް ނެތޭ މި ރޭޕްސްތާނުގައ. އެހެންވެތާ ޖަރީމާ ރައީސްވެސް އެތަނާ އެހާ ދޯޅުވެގެން މޯދީ ފައިބުޑަށް ވެއްޓިގެން އެ އުޅެނީ.