މިއީ އެއް އާއިލާއަކަށް ލިބުނު ބޮޑު ހިތާމައެކެވެ. އެ އާއިލާ އެ ހިތާމާގައި އަދިވެސް ކަރުނަ އަޅަނީއެވެ. އެއް އާއިލާގެ ދެ ކުއްޖެއްގެ ކުއްލި މަރާއެކު މުޅި އާއިލާއަށް ލިބުނީ ޝޮކެކެވެ.

މިިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ މުމްބާއިގައި 22 އަހަރުގެ މުސްތާގް ނަމަކަށް ކިޔާ މީހަކު ރޭލެއް ކުރިމައްޗަށް އަރައިގެން އަމިއްލައަށް ފުންމާލިއިރު، އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އަދި މުސްތާގްގެ ހަތް އަހަރުގެ ކޮއްކޮ އަޖްމަލް އޭގެ 10 ދުވަސް ކުރިން ވެއްޓި ފަރުވާދެމުންދަނިކޮށް، ވަނީ މަރުވެފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އެ ދުވަހު އެންމެ ފުރަތަަމަ މަރުވީ އަޖްމަލްއެވެ. އަޖްމަލްގެ މަރަށްފަހު މުސްތާގްއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އާއިލާއިން ބުނަނީ، އަޖްމަލްގެ ޖަނާޒާ ކަންތައް ކުރިއަށްގެންދިޔުމަށްވެސް މުސްތާގް ނާންނަ ކަމެވެ. އާއިލާއިން މީހުން އޭނާ ހޯދަން ވަރަށް މަސައްކަތް ކުރިއެވެ.

އެހެން ނަމަވެސް އެރޭ 9:30 ހާއިރު، މުސްތާގްގެ އާއިލާ މެންބަރަަކަށް އައި ފޯން ކޯލާއެކު އެ އާއިލާއަށް ވީގޮތެއްވެސް ނޭގުނެވެ. މުސްތާގްގެ ބައްޕަ ހޭނެތިގެން ވެއްޓުނެވެ. މުސްތާގުގެ މަރުގެ ވާހަކަ އޭނާގެ މަންމަ ކައިރީ ބުނެފައެއް ނުވެއެވެ. އެނގިއްޖެނަމަ އެ މައިމީގެ ލަގޮޑިއަށް ކެތްވާނެ ހެއްޔެެވެ؟.

މުސްތާގް އޭނާގެ ކޮއްކޮ އަޖްމަލް ދެކެ ވަރަށް ލޯބިވެއެވެ. އަޖްމަލްއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާގެ ހާލު ފެނިފައި މުސްތާގް ވަރަށް ހިތާމަ ކުރިއެވެ. ކޮއްކޮ ނެތް ދުނިޔެއެއްގައި އޭނާ އުޅޭނީ ކިހިނެއްތޯވެސް އޭނާ ބުނިކަމަށްވެސް ވެއެވެ. މުސްތާގްއަކީ އެ އާއިލާގެ ތިބި ތިން ފިރިހެން ކުދިންގެ ތެރެއިން އެންމެ ބޮޑު ކުއްޖާއެވެ.

ފުލުހުން އަދިވެސް މުސްތާގުގެ މަރުގެ ތަހުގީގުތައް ކުރަމުން އަންނައިރު، އޭނާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ ވެއްޓުނީ ކަމެއް އަދި ފުުލުހުންނަ ކަށަވަރު ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު