ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ފަންނާނުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ މަރިޔަމް އައްޒަ (އައްޒަ) އަކީ އޭނާގެ ސަޕޯޓަރުންނާ ގާތް ގުޅުމެއް އޮންނަ ނަމޫނާ ފަންނާނެކެވެ. ޔާރާ އާއިލާ އިން ފިލްމީ ދާއިރާ އަށް ނިކުތް އައްޒަ އޭނާގެ އިންސްޓަގްރަމްގައި ދޭތެރެ ދޭތެރެ އިން އާންމުންނަށް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލައެވެ. އާންމުން ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ ފުރުސަތު ވެސް ދެއެވެ.

މި ފުރުސަތުގެ ބޭނުން ހިފައި، މީހަކު ވަނީ އައްޒަ ބަނޑު ބޮޑުތޯ ސުވާލުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އާންމުންގެ މީހަކު އިންސްޓަގްރާމްގައި ކުރި ސުވާލެކެވެ. އެ ފަހަރު އައްޒަ ބުނެފައި ވަނީ ބަނޑު ބޮޑު ނޫން ކަމަށެވެ.

މިފަހަރު މީހަކު ކުރި ސުވާލެއްގައި ބުނީ "އަހަންނަށް ހީވޭ އައްޒަ ބަނޑުބޮޑޭ. ރަނގަޅައްތަ މި ހީކުރެވުނީ؟" މިހެންނެވެ.

އިންސްޓަގްރާމުގެ ބެލުންތެރިން ބޭނުންސުވާލެއް ކުރަން ނުވަތަ ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ ފުރުސަތު ދީފައެވެ.

ސުވާލު ކޮށްފައިވަނީ ކާކުކަން ބެލުންތެރިންނަށް ނޭންގޭ ގޮތަށް އިންސްޓަގްރާމުގައި އައްޒަ ހިއްސާކުރި މި ސުވާލަށް ޖަވާބުދެމުން ބުނެފައިވަނީ "މިއީ ދޮގެއް" ކަމަށެވެ. އައްޒަ ވަނީ މިފަހަރު ވެސް އޭނާ ބަނޑުބޮޑު ނޫންކަން ކަށަވަރު ކޮށްދީފައެވެ.

އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ)ގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އައްޒަ އާއި މުއާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ކުރިން އައްޒަ ވަނީ ކައިވެންޏެއް ކޮށްފައެވެ. ފިލްމީ ތަރި އިސްމާއިލް ޖުމައިހް އާއި އައްޒަ ކައިވެނިކޮށްގެން ވަނީ އީތަން ލިބިފައެވެ. އެ ކައިވެނި ރޫޅިފައިވާ އިރު އީތަން ދިރިއުޅެމުން އަންނަނީ އައްޒަ ކައިރީގައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މީހުން ކުރަމުން އައި ސުވާލުތަކުގައި އީތަންއާ ގުޅުވާފައިވެއެވެ. އެގޮތުން، މީހަކު ކޮށްފައިވާ ސުވާލެއްގައި އަހާފައިވަނީ އައްޒަ އާއި އީތަން ކޮވިޑަށް ފައްސިވީތޯއެވެ.

އައްޒަ ބުނީ އައްޒަ އާއި އޭނާގެ މުޅި އާއިލާ ކޮވިޑަށް ފައްސިވި ކަމަށެވެ. އަދި މިހާރު ބަލިން ރަނގަޅު ވެއްޖެ ކަމަށް ވެސް ބުނެފައިވެއެވެ.

އައްޒަ އަކީ މިހާރު މި ދާއިރާގައި ހުރި އެންމެ އުންމީދީ އެއް ބަތަލާއެވެ. އަދި ފާއިތުވި ދެތިން ހަތަރު އަހަރު އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ. އެހެން ފިލްމީތަރިންނަށްވުރެ މާބޮޑަށް ސަޕޯޓަރުންނާއި ގާތް އަދި މީސް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރި ތަރިއެއްގެ ގޮތުގައި އައްޒަ އަބަދުވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާކަނި ސައްތާރު

    މޮޔަވީތަ ކޮންކަ މެއް މީނަ ބަނޑު ބޮނޑު ވިއްޔާ އަދި ނުވިއްޔާ

  2. ހުސޭނުބޭ

    އައްޒަ އެކަނިތަ ބަނޑުބޮޑުވަނީ! އާދަމްބެ އަންހެނުން ޝަކީބާވެސް ބަނޑުބޮޑު! އެވާހަކަވެސް ނޫހުގައި ޖަހާދީބަލަ!

  3. Anonymous

    ވަގުތު ޖެހުނީމަ ހުރިހާ ކަމެއްވެސް ވާނެ.

  4. ލާ ލޭ

    ފަރު ވ ކުޑަ އީ ދޯ؟

    6
    1