އެމެރިކާގެ އަލަބާމާގެ އެއްބަނޑު އެއްބަފާ ދެއަންހެނުން ބަނޑުބޮޑުވެ އެއް ދުވަހެއްގެ އެއް ވަގުތެއްގައި ވިހައިފިއެވެ. ދެބެއިން ވިހާފައިވާ ވަގުތުގައި ހުރީ ސިކުންތުކޮޅެއްގެ ތަފާތެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މިފަދަ ކަމެއް ހިނގި ދެވަނަ ފަހަރެވެ.
މަރާ މެއިގަން އާއި ޖެނިފާ ސޮއިލް އަށް ބަނޑުބޮޑުކަން އެނގުނީ އެކަކު ބަނޑުބޮޑުވި ކަން އެނގުނުތާ ހަފްތާއެއް ފަހުންނެވެ. އެހެންކަމުން ދެމީހުން ވެސް ވަރަށް ގާތް ގާތުގައި ވިހާނެ ކަން އެމީހުންނަށް އޮތީ އެނގިފައެވެ. ނަމަވެސް މިފަދަ ގޮތަކަށް ވިހާފާނެ ކަމަށް އެއްވެސް މީހަކު އުއްމީދެއް ނުކުރެއެވެ.
މަރާ ވިހާފައި ވަނީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެކެވެ. އެކުއްޖާގެ ނަމަކަށް ކިޔާފައި ވަނީ އަނާ ގްރާސް އެވެ. ސޮއިލް ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ. އޭނާގެ ނަމަކަށް ކިޔާފައި ވަނީ މާކޯ އެވެ.
މަރާ ބުނީ ދެބެއިންނަށް އެއް ދުވަހެއްގެ އެއް ވަގުތެއްގައި ކުދިން ލިބުމުން އަނެއްކާވެސް ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.
މި ދެބެއިން އިނީވެސް އެކަކާތޯއްޗެއް.
ހެހެ