ޖިމެއްގައި ކަސްރަތު ކުރަމުން ދަނިކޮށް ވެއްޓުނު އަންހެނަކު ވާގި ނެތިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެހާދިސާގައި އަނިޔާވެފައިވަނީ 23 އަހަރުގެ އަންހެނަކަށެވެ. އަދި އަނިޔާވީ އާންމުކޮށް މީހުން ކޮށް އުޅޭ "އެބްޑޯމިނަލް ސިޓަޕް އެކްސަސަިޒެއް" ކުރަނިކޮށެވެ. އެ އެކްސަސައިޒް ކުރަނީ ގޮނޑިއެއްގެ މަތީގައި ބޯކޮޅު ތިރިއަށްވާ ގޮތަށް ކަމުން، އޭނާ ވެއްޓުނު އިރު ޖެހުނީ ބޮލެވެ.

އެ އަނިޔާއާ ގުޅިގެން މައިބަދައަށް ގެއްލުންވެ ވާގި ނެތުނީއެވެ. ޑޮކްޓަރުން ވަނީ އޭނާގެ މައިބަދައަށް ޓައިޓޭނިއަމް ޕްލޭޓް ލައްވައި އޭނާއަށް ހިނގާބިގާވެ އުޅެވޭ ވަރުކޮށްދީފައެވެ. ނަމަވެސް އެއީ ދާއިމީ ފަރުވާއެއް ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ އަނިޔާއަށް ފަހު އޭނާ ވަނީ އަލުން އަނެއްކާ ޖިމަށް ދާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު