ތައިލެންޑްގައި ބަނޑުހައި ވެފައި އޮތް އެތެއް ދަންވަރުގަޑީގައި ގެއެއްގެ ބަދިގެ ފަޅާލައި އެގޭގައި ހުރި ހަނޑޫ ކޮތަޅެއް ކާލައިފި އެވެ.

ދެކުނު ތައިލެންޑުގެ ހިސާބެއްގައި ހިނގި މި ހާދިސާގައި އެތް ވަނީ ގޭގެ ބަދިގޭގެ ފާރު ތަޅާލައިފަ އެވެ. ޕްލައި ބުންޗުއެއި ނަމަކަށް ކިޔާ މި އެތަކީ ތައިލެންޑުގެ ހުއާ ހިންގައި ދިރިއުޅެމުންދާ ދުވަސްވީ އެތެކެވެ.

https://youtu.be/TR3N1QpH6Xs

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އެތް ވަން ގޭގައި ދިރިއުޅޭ ރަޗަދަވަން ފަންގްޕަސޮޕޮން އާއި އޭނާގެ ފިރިމީހާ އަށް ދަންވަރު ހޭލެވުނީ ބާރުގަދަ އަޑެއް އިވިގެންނެވެ. އެމީހުން ވަގުތުން ބަދިގެ ބަލާލިއިރު ފެނުނީ ބޮޑު އެތެއް އެމީހުންގެ ބަދިގޭގެ ފާރު ވައްޓާލައި ބަދިގޭގައި ހުރި ކަބަޑެއްގެ ތެރެއިން ވައްކަން ކުރާ މަންޒަރެވެ.

ދަންވަރުގެ ވަގުތުގައި ބޮޑު އެތެއް ބަދިގެތެރެއަށް ވަދެގެން އޮތްތަން ފެނުނުމުން ރަޗަދަވަންގެ އާއިލާ އަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ އެތް ބަދިގޭގައި ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ ނަގާފައި އެވެ.

ރަޗަދަވަން ލާފައިވާ ވީޑިއޯއިން ފެނިގެންދާގޮތުގައި އެތް ކާފައި ވަނީ ބަދިގޭގެ ކަބަޑެއްގެ ތެރޭގައި އޮތް ހަނޑޫ ކޮތަޅެކެވެ. ރަޗަދަވަން ބުނީ އޭނާގެ ފިރިމީހާ ވަނީ އެތް ފަހާ ފޮނުވާލާފައި ކަމަށެވެ.

ރަޗަދަވަން ބުނީ މި އެތަކީ އެމީހުންގެ ގެ ހުންނަ ހިސާބުގައި ދިރިއުޅޭ އެތެއް ކަމަށާއި މި އެތުގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. މީގެ ދެމަސްކުރިންވެސް މި އެތް އެމީހުންގެ ގެއަށް ދިޔަކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭރު އެއްވެސް ގެއްލުމެއް ނުދީ ދިޔަކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ޖަނަވާރުންގެ ކަންކަން ބަލަހައްޓާ ފަރާތަކާއި އާއިލާ ބައްދަލުކުރުމުން އެފަރާތުން ބުނީ ކާތަކެތި ބަދިގޭގައި ނުބެހެއްޓުމަށެވެ. އެއީ ކާތަކެތީގެ ވަސް އެތައް ވަރަށް ރަނގަޅަށް ދުވާތީ އައިސްދާނެތީ ކަމަށް އޭނާ ބުނެ އެވެ.

ތައިލެންޑުގެ ގާތްގަނޑަކަށް 2،000 އަށްވުރެ ގިނަ އެތް ދިރިއުޅެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ

    ހާހާހާ..ބަދިގޭގަ ކާއެއްޗެހި ނުބަހައްޓާ ދެން ކޮންތާކުބާ ކާއެއްޗެހި ބަހައްޓަންވީ؟؟އެތައް ރަނގަޅަށް ކާންދީފަ ބަހައްޓާ ނަމަ މީހުންގެ ގޭގޭގެ ބަދިގެ ފާރު ވައްޓާލާފަ ކާކަށް ނާންނާނެދޯ؟؟