'ކީޕިންްގް އަޕް ވިތް ދި ކާޑޭޝިއަންްސް'ގެ ރީޔޫނިއަން ސްޕެޝިއަލްގައި މަޝްހޫރު ތަރި ކިމް ކާޑޭޝިއަން ވަނީ އޭނާގެ ރޫޅިފައިވާ ކައިވެންޏާއި، ހަޔާތުގެ ލޯބީގެ ސަފްހާތަކަށް އަލިއަޅުވާލައި އެތައް ވާހަކައެއް ދައްކާފައެވެ. އެ ވާހަކަތަކުގެ ތެރެއިން އޭނާ ބޮޑަށް އަލިވާޅީ އޭނާ "ރަންއަވޭ ބްރައިޑް"އަކަށް ވި ގޮތުގެ ވާހަކައެވެ.

ކިމް ބުނީ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއި 2011 ވަނަ އަހަރުގެ އޮގަސްޓު މަހު ކައިވެނި ކުރި ކަމަށެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހު ހަޔާތުގެ އެ ސަފްހާވެސް ނިމުމަކަށް ގެންނަން ޖެހުން ކަަމަށް ކިމް ބުންޏެވެ. ކިމް ބުނީ އޭރުވެސް ކައިވެނި ކުރަން ބޭނުންނުވި ކަމަށާއި، އޭނާގެ މަންމަ އެކަމުން ސަލާމަތްވުމަށް ކައިވެނި ނުކޮށްވާނެ ގޮތެއްގެ ހިޔާލު ދިން ކަމަށެވެ.

މަންމަގެ ބުނުމާާއި އެއްގޮތަށް އޭނާ ކަންތައް ނުކުރީ 'ރަންއަވޭ ބްރައިޑް'ގެ ނަން ހަރުލައި، އުމުރު ދުވަހުވެސް އެ ނަމާއި އެކު އުޅެން ޖެހޭނެތީ ކަމަށް ކިމް ބުންޏެވެ.

މަޝްހޫރު ބާސްކެޓްބޯލް ކުޅުންތެރިޔަކާއި ކިމް ކައިވެނިކުރީ 'ކީޕިންގް އަޕް ވިތް ދި ކާޑޭޝިއަން'ގެ ރޭޓިންގް އިތުރުކޮށް، މަޝްހޫރުވާން ވެގެންކަމަށް ބުނާ ބުނުން ކިމް ވަނީ ދޮގުކޮށްފައެވެ.

ކިމް އާއި ހަމްފްރީސް ވަކިވީ ދެމީހުންގެ މިޒާޖާއި ވިސްނުން ތަފާތުވެފައި، އެކި ކަންކަމުގައި ދެބަސްވާން ޖެހޭ ފަހަރު ގިނަ ވުމުން ކަމަށް އޭނާ ބުނެއެެވެ. އެހެން ކަމުން ދެމީހުންނަށް އެކުގައި ނޫޅެވޭނެކަމަށް ނިންމީ ކަމަށާއި، އެކުގައި އުޅެން މަސައްކަތް ނުކުރެއޭ ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

އަދި މިހާރު ވެސްޓްގެ ގުޅުން ސިފަ ކޮށްދެމުން ބުނީ އެ ގުޅުމަކީ ލޯބި ގުޅުމެއް ކަމަށާއި، ކަންޏެ އަކީ އަބަދުވެސް އާއިލާއަށް ވާނެ ކަމަށް ބުނެފައިވެއެވެ.