ރޭޕުކުރިކަމަށް ބުނެ އޮޅުވާލައިގެން ވާހަކަ ތަކެއް ދެއްކި ޒުވާން އަންހެނަކު ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ. މި މައްސަލައިގައި، މި އަންހެން މީހާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 45 ދުވަހަށެވެ.

އެމެރިކާގެ މިޝިގަންގެ ކޮލެޖެއްގެ ކެމްޕަސް ތެރޭގައި ބަޔަކު ރޭޕްކުރިކަމަށް ބުނެ، ކޯޓުގައި ދޮގު ވާހަކަތައް ދައްކާފައިވަނީ އުމުރުން 21 އަހަރުގެ މޭރީ ޒޮލްކޯސްކީ ނަމަކަށް ކިޔާ އަންހެނެކެވެ. ކޯޓުންވަނީ މި އަންހެން މީހާ ޖަލަށް ލުމުގެ އިތުރުން، އެމީހާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޓެސްޓެއް ކުރުމަށްވެސް އަންގާފައެވެ.

މޭރީ ޒޮލްކޯސްކީ

އޮޅުވާލައިގެން ރޭޕުގެ މައްސަލައެއް ހުށަހެޅިކަމަށް މޭރީވަނޯ ކޯޓުގައި އިއުތިރާފުވެސް ވެފައެވެ. ކޯޓުގައި އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ، އޭނާ ރޭޕްކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅީ ކޮލެޖުގެ އޮފީހަކަށްކަމަށެވެ. އަދި، އެއަށްފަހު، އޭނާގެ މަންމަގެ ގާތުގައި އެވާހަކަ ބުނިކަމަށާއި، ފުލުހުންނަށް އެކަން ރިޕޯޓުކުރީ މަންމަކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ދޮގު ވާހަކަތަކެއް ކިޔައިދިން އިރު، އެކަމުގެ ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ދީފައި ނުވެއެވެ. އަދި، އެ އަންހެން މީހާ ބުނެފައިވަނީ، އޭނާ ރޭޕްކުރީ ކޮލެޖުގެ ކެމްޕަސް ތެރޭގައި އޮންނަ ޕާކިން ޒޯނަށް، އޭނާގެ ކާެރު ކައިރިއަށް ދަނިކޮށް ފަހަތުން ހިފެހެއްޓުމަށްފަހުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު