ފޭސްބުކް ޕޯސްޓްތަކަށް 'ހަހާ' ރިއެކްޓް ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމުގައި ބުނެ ބަންގްލަދޭޝް ދީނީ އިލްމުވެރިޔަކު ފަތުވާ ނެރެފިއެވެ.

އޭނާ ބުނެފައިވާގޮތުން އެއީ، މުޅިން ހަރާމް ކަމެކެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އިލްމުވެރިޔާއަކީ އަހުމަދުﷲ ނަމަކަށް ކިޔާ މީހެކެވެ. ފޭސްބުކްގައި ތިން މިލިއަނަށްވުރެ ގިނަ ފޮލޯވާސް ތިބޭ އަހުމަދުﷲ ޔޫޓިއުބްގައި އާއްމު ކުރި ވީޑިއޯގައި ވަނީ ފޭސްބުކްގެ ޕޯސްޓްތަކަށް ހަހަ ރިއެކްޓް ކުރުމަކީ މީހުންނަށް މަލާމާތް ކުރުން ކަމަށާއި، އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

"މިހާރަކަށް އައިސް އަހަރުމެން ފޭސްބުކްގެ ހަހަ އެމޯޖީ ބޭނުން ކުރަނީ މީހުންނަށް މަލާމަތް ކުރަން. އަހަރުމެން މަޖަލަކަށް ހަހަ ރިއެކްޓްކޮށް، މަޖަލަކަށް އެކަން ކުރާނަމަ އެއީ މައްސަލައެއް ނޫން. އެކަމަކު މީހަކަށް މަލާމަތް ކޮށް އެކަން ކުރުމާއި، މީހަކު ކުރި ކޮމެންޓަކާއި ގުޅިގެން އެކަން ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް". އަހުމަދުﷲ ބުނެފައި ވެއެވެ.

އޭނާވަނީ މީހުންނަށް މަލާމަތް ކުރުމުގެ ނިޔަތުގައި ފޭސްބުކްގައި ހަހަ ރިއެކްޓް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އެހެން ނަމަވެސް އަހްމަދުﷲގެ އެ ޕޯސްޓަށްވެސް އެތައް ބަޔަކު ވަނީ ހަހަ ރިއެކްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސޭހަތް

    މަލާތް ކުރުން ތޯ އެއީ މަޖާ އެއްޗަކަށް އެ ރިއެކްޓް ކުރުން ؛؟

    މިފަދަ ޚަބަރު ޖަހާއިރު ހެޑްލައިނުގެ ސަބަބުން އާންމުން މަގުފުރުނަ ނުދޭ ފަދައިން ޖެހުމަށް ނަސޭހަތްތެރި ވަން!

    15
    1
  2. ޙަލީ

    އަސްލު ރަގަޅުވާހަކައެއް ، މަލާމާތްކުރުމަކީ ގޯހެއް ، މަޖަލަކަށް އޯކޭ ،.ޝޭޚްގެ ވާހަކަ މީޑިޔާތަކުން އޮޅުވައި ނުލިއްޔާ ކިތަންމެހާވެސް ރަގަޅު

    62
    4
  3. ރަދީފް

    އެހެން ނަމަވެސް އަހްމަދުﷲގެ އެ ޕޯސްޓަށްވެސް އެތައް .ބަޔަކު ވަނީ ހަހަ ރިއެކްޓް ކޮށްފައެވެ.”
    ހެހެހެހެހެ މީތި ސަޅި.

    16
    14
    • ޜަނާ

      ޢޭނަބުނީ ކިތައްމެހާ ވެސް ރަގަޅު ވާހަކައެެއް " މީހުނަށް މަލާމާތް ނުކު ރާށޭ " އެކަމަކު މަމެންގެ ޖާހިލުކަން މާބޮޑީ ހެޔޮބަހެއް ބުނާ މީހާއަށްވެސް މަލާމާތާ ފު ރައްސާ ރަ މި ގައުމުގަ އުޅޭ ލާދީނީ ބައި ގަނޑާ އެއްވެސް ތަފާތެއް ނެތް
      މިފަދަ މީހުނަށް ހިދާޔަތް ދައްކަވާށި

      18
      3
  4. އަދުރޭ

    ސެއިހް ބުނީ ހަމަ ވ. ރަނގަޅު ވާހަކައެއް. އެއްވެސް މީހަކު ދެރަކޮށްލުމަށް މަލާމާތްކުރުމަކީ ރަނގަޅުކަމެއްނޫން.

    22
    1
  5. ﷲގެ އަޅާ

    އަހަ ރެން އޭތި ބޭނުން ކު ރަނީ އެކަނި ގޭގަ އިނދެވެސް ހެވޭ ކަހަލަ އެއްޗިއްސަށް . ށޭޙް ވިދާޅުވީ ވަ ރަށް ރަނގަޅު ވާހަކައެއް. މީހަކު ދެ ރަ ކޮށްލުމުގެ ގޮތުން އޭތި ޔޫސް ނުކު ރާނަން ،އިންށާ ﷲ.