އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅެމުން އަންނަ އުމުރުން 24 އަހަރުގެ ޗާލޮޓް ޑުބާޑް އުޅެމުން އައީ އާއްމު ދިރިއުޅުމެކެވެ. ލޯބިވެރިޔާ އާއި އެކު އޭނާ ދިރިއުޅެމުން އައީ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނިއެވެ.

ކުޑަކޮށް ބަރުދަން އިތުރުވާހެން ހީވާތާ ދުވަސްކޮޅެއް ވެފައި ވީނަމަވެސް އޭނާ އިނީ ބަލިވެކަމަށް އެއްފަހަރު ވެސް ހިތަކަށް ނާރައެވެ. ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ގޭގައި އެކަނި އިންދާ ބަނޑުގައި ރިއްސަން ފެށުމުންނެވެ.

ވެގެން އުޅޭ ގޮތެއް ނޭނގިގެން އުޅެނިކޮށް ރިހުން ގަދަވެ، ކުއްލިއަކަށް އޭނާ ވިހެއީ އެވެ. ސިއްހަތު ރަނގަޅު ކުއްޖަކުން އޭނާގެ ރަހިމުގައި ބޮޑުވެ މިވަރު ވީއިރުވެސް ނޭނގުނީ ކީއްވެތޯ ހިތައް އަރުވާލާފައި ދެން ކުރާނެ ކަމެއް އޭނާ ވިސްނިއެވެ.

ކައިރީގައި އެހީވާނެ މީހަކު ނެތުމުން ގޭތެރެއިން ފެނުނު ކަތުރަކުން މަސް ބުރިކޮށްލިއެވެ. އަދި ވަގުތުން ލޯބިވެރިޔާ މިގުއެލް އެންޖެލް އަށް ފޯންކޮށް ވަރަށް އަވަހަށް ގެއަށް އައުމަށް އެދުނެވެ.

މިގުއެލް ލަސްތަކެއް ނުވެ ގެއަށް އައެވެ. އޭނާ ފުރަތަމަ ވެސް ބުނީ "މަގުމަތިން ކުއްޖަކު ހޮވީތަ؟"

އެއީ އޭނާ އަށް ލިބުނު ކުއްޖެއް ކަމަށް ޗާލޮޓް ބުނެދީ ކަންތައްވީ ގޮތް ކިޔައިދިނެވެ.

ވަގުތުން ދެމައިން ހޮސްޕިޓަލަށް ގެންގޮސް ދެމައިންނަށް އަވަސް ސިއްހީ ފަރުވާ ދެވުނެވެ. ދެމައިންގެ ހާލުވެސް ރަނގަޅެވެ.

ކުއްލިއަކަށް ލިބުނު ދަރިފުޅާއި އެކު ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. ދަރިއަކު ބެލުމުގެ ތަޖުރިބާ ނެތުމުން އެއީ ކުރަން އުނދަގޫ ވާނެ ކަމަށް ހީކުރެވުނު ނަމަވެސް ދެފަރާތުގެ އާއިލާ އިން ލިބެމުންދާ އެހީތެރިކަމާއި އެކު ދަރިއަކު ބެލުން އެމީހުންނަށް ބޮޑު ކަމަކަށް ނުވެއެވެ.

ބަލިވެ އިންކަން ނޭނގި ވިހުމަކީ ވަރަށް ނާދިރު ހާލަތެއްގައި މީގެ ކުރިން ވެސް ބައެއް މީހުން ތަޖުރިބާ ކޮށްފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު