ވަގުތު ލައިވް

މިސްރުގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރަން އެދިއްޖެ

 • 1 މަސް ކުރިން ( ޖޫން 26, 2021 )
 • 4
 • |

ޒުވާނުން ބަރަހަނާ ވެބްސައިޓްތަކަށް ދެވިހިފާފައިވާތީ އެއީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް، އެފަދަ ވެބްސައިޓްތައް ބްލޮކް ކުރަން މިސްރުގެ އިސް އޮފިޝަލަކު އެދިއްޖެއެވެ.

މިސްރުގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ އިކޮނޮމިކް އެފެއާރޒް ކޮމެޓީގެ ސެކެރެޓަރީ އަހުމަދު ޑިއާބް ވަނީ އެކަން ހުއްޓުވުމަށް އެދި ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ ރައީސް ހަނަފީ ގެބެލީއަށް ހުށަހަޅާފައެވެ. އަދި އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ އަރިހުންވެސް އެ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަށް އެދިފައި ވެއެވެ.

ޑިއާބް ބުނެފައި ވަނީ، އެފަދަ ވެބްސައިޓްތަކުގެ ސަބަބުން ޒުވާނުންގެ ވިސްނުން ހަލާކުވެ، އާއިލާތައް ހަލާކުވާ ކަމަށެވެ. އަދި މިފަދަ ވެބްސައިޓްތަކަކީ ދީނާ ހިލާފު ވެބްސައިޓްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވަނީ މިފަދަ ވެބްސައިޓްތައް އަރަބި ބައެއް ގައުމުތަކުގައި ބްލޮކް ކޮށްފައިވަނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.

އަދި އެފަދަ ވެބްސައިޓްތައް ބެލުމަށް ދެވިހިފާފައި ތިބޭ މީހުން އެކަން ކުރާކަން އެއްބަސްވާން ލަދު ގަންނަ ކަމަށާއި، އެކަމަށް ފަރުވާ ހޯދަންވެސް ޖެހިލުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އެފަދަ ވެބްސައިޓްތަކަކީ ވަގުތު ފާއިތު ކުރުމަށް ބަލާ އެއްޗެއް ނޫން ކަމަަށާއި، އެއީ ސީރިއަސް ފަރުވާއެއް ބައްޔެއް ކަމަށް ބުނެފައެވެ.

އަދިި އެއީީ ޒުވާނުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފިހިގަނޑު

  މިރާއްޖޭގަވެސް ތިކަން އޮތީ ހައްދުން ނެއްޓިފަ..ތީގެ ސަބަބުން ޅަޒުވާނުންނާއި މެދު އުމުރުގެ މީހުންނާއި މުސްކުޅިންގެ ތެރެއިން ގިނަ ބައެއްގެ އަޚްލާޤީ ފެންވަރު ވަނީ ޖަންގުޝަން ވަޅުގަނޑަކަށްވުރެ ހަޑި މުޑުދާރުވެފަ..

  11
  2
 2. ސުނާނު

  ދިވެހި ރާއްޖޭގައި މިހާރު ހޯމް މިނިސްޓަރަކައް އެހެރަ އިމްރާނުޝޭހު މިކަމަކައް ރާއްޖެއަށް ހައްލެއް ހޯދަދޭން އުޅޭތަން ނުފެންނާތީ ހާދަ ހައިރާންވެޔޭ.

  7
  2
 3. ފަޒީކް

  ރާއްޖޭގެ އިންޓަނެޓަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ތިޔަ ބަަރަހަނާ ސައިޓްތަކައް ވަދެވޭގޮތައް ހުޅުވާލެވިފައިވާ ޖަހަންނަމު ދޮރުތަކެއް. މިކަމުގެ ހިތި ރަހަ އެކަން ނުހުއްޓުވި ވެރީންނައް މާތްރަސްކަލާނގެ ދެއްވާނެ.

  10
  2
 4. ކޮރަލް

  100 ޕަސެންޓް ރާއްޖޭގަ ބްލޮކް ކުރަން ހިތައް ވެސް ނުގެ އެވެ. ބަޔަކަށް ލިބޭ ފައިސާ މަދު ވެދާނެ ތީ އެވެ.

  8
  3