ލަވަ ކިޔާ ބާވަތުގެ ދޫނިތައް އިންސާނުންނެކޭ އެއްފަދައިން މުއާމަލާތް ކުރާ ކަމަށް އެމްސީ ގިލް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިފަދަ ދޫނިތައް މުއާމަލާތް ކުރުމަށް ބޭނުންކުރާ ލަވަ ފްރޭސްތަކަކީ އިންސާނުންގެ ބަސްކޮށާރާއި ދާދި އެއްގޮތް ބަސްކޮށާރެއް ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

ކަރަންޓް ބަޔޮލޮޖީގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައިވާ ގޮތުން މިފަދަ ދޫނިތައް ބޭނުން ކުރާނީ ވަރަށް މަދު ލަފުޒުތަކެއް ނުވަތަ އަޑުތަކެއް ކަމަށެވެ.

ބަސް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ ދޫނި ބޭނުންކުރާ އަޑުތަކަކީ ''މެންޒެރަތުގެ ލޯ'' ކަމަށެވެ. އަދި ބުނާ އެއްޗެއް ފަސޭހައިން ބުނެ، ދެނެގަނެވޭނެ ކަމަށްވެއެވެ. އޭގެ ސަބަބުން މުއާމަލާތް ކުރުން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

މި ދިރާސާއިން އިތުރަށް އެނގޭ ގޮތުގައި ލަވަކިޔާ ދޫނިތައް މުއާމަލާތް ކުރުމަށް ބޭނުންކުރާ ބަހުރުވައަށް އެ އެއްޗެހީގެ ގުނަވަންތައް ވެސް ބޭނުން ކުރާނެއެވެ. ދިރާސާކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އިންސާނުން ވާހަކަ ދެއްކުމުގައި ވެސް ''މެންޒެރަތު ލޯ'' އާ އެއްގޮތަށް ހަށިގަނޑުގެ ގުނަވަންތައް ވެސް ބޭނުން ކުރާނެއެވެ.

ޕްރިފެސަރ ޖޮން ސަކާޓާ ބުނެފައިވާ ގޮތުން ލަވަކިޔާ ދޫނިތައް މުއާމަލާތް ކުރުމަށް ބޭނުން ކުރާ ''މެންޒެރަތު ލޯ'' ޕްރިމޭޓްސްއާއި ޕެންގުއިން ވެސް ބޭނުން ކުރާ ކަމަށެވެ.

ސަކާޓާ ބުނެފައިވާ ގޮތުގައި އިންސާނުންގެ ސިކުނޑިއާއި ދޫނީގެ ސިކުނޑީގެ ނޭވާލުމާއި އަޑުތައް ނެރުމަށް ބޭނުން ކުރާ ނާރުތައް ހުންނަނީ ދާދި އެއްގޮތަކަށެވެ.

ލަވަކިޔާ ދޫނިތަކުގެ ތެރެއިން ވެސް ވަކިގޮތަކަށް ތަމްރީން ކުރެވިފައިނުވާ ދޫނީގެ މުޢާމަލާތް ކުރުން ވަރަށް ތަފާތު ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔެެ

    އަހަރުމެންގެ ބުއްދިޔަށް މިކަން ވިސްނޭ މަކުރިން ދިރާސާ ނެހެދިޔަސް. ގުރުއާނުން ސާބިތު ކަން ކަން. މިހުންނަނީ. ވިސްނަފިކުރުކުރާ ބަޔަކަށް ހެކިތަކއްވޭ

    11