ޗައިނާ އަންހެނަކު ފެރާރީ ކާރެއް ކުއްޔަށް ނަގައިގެން ދުއްވާލަން ނިކުތްތާ މާގިނައިރެއް ނުވެ، ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް އެހެން ކާރެއްގައި ޖެހި ކާރު ފުނޑުފުނޑުވެއްޖެއެވެ.

ގާތްގަނޑަކަށް ފަސްލައްކަ ޕައުންޑް (10 މިލިއަން ރުފިޔާ) ގެ އަގުހުރި ކާރު ކޮންޓްރޯލް ނުކުރެވުނީ މަގުމަތީގައި ކޮންމެވެސް ވަރަކަށް ފެން ހެދިފައި ހުރުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި ކާރު ކޮންޓްރޯލް ނުކުރެވުނީ ކާރު ދުއްވަން އެންމެ ރަނގަޅަށް ޑްރައިވަރަށް ނޭނގުމުންނެވެ.

ފެރާރީ ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ޖެހުނީ ބީއެމްޑަބްލިއު ކާރެއްގައެވެ. އެކާރަށް ވެސް ވަނީ އެކްސިޑެންޓްގައި ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

https://www.youtube.com/watch?v=zALq2FopzaI

ކާރު އެކްސިޑެންޓްވި އިރު ކާރު ދުއްވަން އިނީ އަންހެނެކެވެ. އޭގެ އިތުރުން އިތުރު އަންހެނަކު ވެސް ކާރު އިނެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު