ޓިކްޓޮކްއިން އާންމުންގެ ސަމާލުކަން ހޯދައި ފިލްމީ ދާއިރާއަށް ނުކުމެފައިވާ މުހައްމަދު ވިޝާލްއަކީ އޭނާގެ ލޯބިވެރިޔާގެ ރޯލެއް ސިލްސިލާއެއްގައި ކުޅުނު ފާތިމަތު ޝަރާ އާދަމްގެ ކުރީގެ ކްރަޝް ނުވަތަ ގަޔާވާ ކުއްޖެއް ކަން ޝަރާ ހަމާކޮށްފިއެވެ.

އަޒޯނާ ޓޯކް ޝޯގައި ބައިވެރިވެ ވާހަކަ ދައްކަމުން ޝަރާ ވަނީ ރޯމަން އެންމެ ފުރަތަމަ ފެނުން ދުވަހު އޭނާއާ މެދު ދެކެވުނު ގޮތް ހާމަކޮށްފައެވެ. ޝަރާ ބުނި ގޮތުގައި، އެންމެ ފުރަތަމަ ރޯމަން ފެނުނީ ޓިކްޓޮކުންނެވެ.

ފުރަތަމަ ފެނުނު ދުުވަހު ވެސް ރޯމަން ވަރަށް ރީތިވި ކަމަށާއި، ދެން ފެނުނީ 'އެހެނަސް" ގެ ޝޫޓިންގް ތެރެއިން ކަމަށް ޝަރާ ބުންޏެވެ.

މި ޝޯގައި ބައިވެރިވެ "އެހެނަސް" ގެ މަންޒަރުތައް ނެގުމަށް އޮތް ޝޫޓިންގެ ތެރެއިން ރޯމަން ފެނުނު ގޮތް ޝަރާ ސިފަކޮށްދޭން ވެސް ފެށީ ފިލްމެއްގެ މަންޒަރެއް ގޮތަށެވެ.

ޝަރާ ބުނި ގޮތުގައި، ހިޔާލީ ވާހަކަތަކުގައި މީހުންގެ ހަރަކާތްތައް "ސްލޯމޯޝަން" ގައި ފެންނަ ފަދައިން ރޯމަންގެ ހިނގުން ފެނިގެން ދިޔައެވެ.

"އެހެނަސްގެ އޮޑިޝަނަށް ރޯމަން އައީ ޑިއުޓީ ނިންމާފަ ސުއިޓްގަ. ދެން ޝަރާއަށް ފެނުނީ ސްލޯމޯގަ އައިސް އެ ތަނަށް ވަން ތަން،" ޝަރާ ބުނެއެވެ.

Shara And Roman
ފާތިމަތް ޝަރާ އާދަމް (ޝަރާ) އާއި މުހައްމަދު ވިޝާލް (ރޯމަން )

ފަހުން ދެ މީހުން ގާތް ރަހުމަތްތެރިންނަށް ބަދަލުވެގެން ދިޔައެވެ. ޝަރާ ބުނީ ރޯމަން އަކީ މިހާތަނަށް ޝަރާގެ ހަޔާތުގައި ދިމާވި އެކީގައި އުޅެން އެންމެ ފަސޭހަ، އެކުވެރި މިޖާޒެއް ހުންނަ، އަނެކާގެ އިހްސާސްތަކަށް އިޚްތިރާމް ކުރުމުގެ ސިފަ ހުރި ރަހުމަތްތެރިއެއް ކަމަށެވެ.

މިހާތަނަށް އަދި ރޯމަންއާއި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން އޭނާ ފާހަގަ ކުރިއެވެ.

ދެ މީހުން ގާތް ރަހުމަތްތެރިންނަށް ވެފައިވާއިރު، ޝަރާ ރޯމަންއާއި ދޭތެރޭގައި ދެކޭގޮތް ބަދަލު ވެއްޖެ ކަމަށް އޭނާ ބުނެއެވެ. އަދިވެސް ޝަރާއަށް ރޯމަން ރީއްޗެވެ. ތަނަކުން ރޯމަން ފެނުނު ކަމުގައި ވިޔަސް އަދިވެސް އަޅައިގަންނަ ގޮތެއް ހުންނަކަން ޝަރާ ފާހަގަ ކުރިއެވެ.

ނަމަވެސް، ކުރީގައި ރޯމަން ފެނުމުން ގަޔާވެގެން ނަޒަރު ހުއްޓިލައިގެން ބަލަން އިން ގޮތަށް އިނުމާއި، ރޯމަންގެ ހަރަކާތްތައް "ސްލޯމޯކޮށް" ފެނުން ނިމުމަކަށް އައިސްފައިވާ ކަމަށް ޝަރާ ބުނެއެވެ.

އޭގެ އިތުރުން ޝަރާ ބުނީ ފިލްމީ ދާއިރާއިން ދިމާވި މީހުންގެ ތެރެއިން ވެސް އެކުގައި މަސައްކަތް ކުރަން އެންމެ ފަސޭހަ، އެކުގައި އުޅެން ވެސް އަދި ބޭރަށް ގޮސް އެކުގައި ވަގުތު ހޭދަކުރަން ވެސް އެންމެ ފަސޭހައީ ރޯމަންއާ އެކުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޑޫ

    ކ.ގުރައިދޫ މޮޔައިންގެ މަރުކަޒުގެ ނަންބަރު ކޮންމެސް ކުއްޖަކު ސާރާގެ ގާޑިއަންއަށް ފޮނުވާލަދީބަލަ!

    2
    3
  2. ފަހުލަވާނު

    މަފަކީރު ކަލޭ ޗަހެރަ ގޮވި ކޮހަކުން ފޫހިކަރުވާފަ މިހުރޫ.. އެއްކޮށް ވަޅޯ ވެއްޖެ.

    2
    4
  3. ވަސް

    ނިމުމެއްނުވާ އާލަމްގެ ހެވައްޓަކައި އަދި ވޭންދެނިވި ނަރަކައިގެ އަޒާބުން މިންޖުވުމައް އެދޭނަމަ އިސްލާމުންގެ ގޮތުގައި މެނުވީ ދުނިޔެއަށް އަލްވަދާނުއުކިޔަން އަޒުމް ކަނޑައަޅަމާތޯއެވެ. އަދި ތިމާމެންގެ ދިރިއުޅުމާއި އެތެރެފުށާއި ބޭރުފުށުން އެއީ އެމަތިވެރި ދީނުގެ މުސްލިމުން ކަމުގައި ވަމާތޯއެވެ. ރިވެތި މުސްލިމް ނަމުން އެކަކު އަނެކަކައް މުޚާތަބް ކުރަމާތޯއެވެ. އަދި މާތް ރަސްކަލާނގެ ހަޒްރަތައް ގިނަގިނައިން ފާފަފުއްސެވުމައް ދުއާ ކުރަމާތޯއެވެ.

    3
    2
  4. އިކްލީލް

    ރޯމަން އެހެރީ ކޮރާލައިގެންތަ

    1
    1
  5. ﷲގެ އަޅާ

    ރޯމަނޭ . މިނަން ހަމަ ފާސްވިތަ؟
    މި އަން ހެން ކުއްޖާ ވަރަށްރީތި . ﷲގެ ރުއްސެވުމާ ފުއްސެއްވުން ލިބިގަތުމަށް މިއަދު މަސައްކަތް ނުކޮށްފިއްޔާ މާދަމާ ވަރަށް ބިރުވެރިވާނެ.
    ޢައުރަ ނިވާކޮށް ﷲއަށް ތައުބާވުން އެންމެ މޮޅު އިތުރުވެގެންވަނީ މައި ޑިއާ ސިސްޓާރ އިން އިސްލާމް 😦

    2
    2