މާމައިންނަކީ އާއްމުކޮށް މާމަ ދަރިންދެކެ ވަަރަށް ލޯބިވާ ބައެކެވެ. މާމަ ދަރިންނަށް ދެރަގޮތެއް ވާން ނޭދޭ ބައެކެވެ. މިއީވެސް އެފަދަ މާމައެކެވެ. އޭނަގެ މާމަ ދަރިންދެކެ ލޯބިވާ މީހެކެވެ.

މިހާރު ޖަޕަނީސްގެ މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަނީ މާމައަކު އޭނާއަށް މާމަ ކިޔާ ދަރިފުޅަށްޓަކައި ދަރިފުޅުގެ ވީދިފައި ހުރި ޖީންސް ފަހާފައި އިން ފޮޓޯއެކެވެ.

އެ މާމަ ހީކުރި އެ ޖީންސް އެހާ ބޮޑަށް ހަލާކުވެފައި ހުރީ އެކްސިޑެންޓަކުން ކަމަށެވެ. އެ މާމައަކަށް އެއީ އެއްވެސް ވަރަކަށް ފެޝަން ޖީންސެއް ކަމެއް ނޭގެއެވެ. އެހެންވެ އެ ޖީންސުގެ ޕަޗް އަޅާ ފަހާ ނިންމާލިއެވެ. އަދި އެ ދަރިފުޅު ޓޮމޮމީ މަސައްކަތް ނިންމާލުމަށްފަހު އަންނަ ތަނުން އެ ދައްކަން އޮތީ ބާއްވާފައެވެ.

ޓޮމޮމީ ގެއަށް އައިއިރު، އޭނާގެ ޖީންސަށް ހަދާފައި ގޮތް ފެނިފައި ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެހެންމެ އޭނާ ވަނީ މީސް މީޑިޔާއަށް މާމަ އާއި އަދި އޭނާގެ ޖީންސުގެ ފޮޓޯ ހިއްސާކޮށްފައެވެ.

އޭނާ އޭގެ ކެޕްޝަންގައި ލިޔުނީ، އޭނާ މަސައްކަތު ނިންމާފައި ގެއަށް އައިރު، މާމަ އޭނާގެ ފެޝަންކޮށް ވިދާލާފައިވާ ޖީންސް ފަހާފައިވާކަމަށާއި، އޭނާއަށް އެކަން ވަރަށް މަޖާވި ކަމަށެވެ.

އެ ފޮޓޯ މިސް މީޑިޔާއަށްލުމާއެކު އެތައް ބަޔަކު ދިޔައީ އެކި ގޮތްގޮަތަށް ވާހަކަދައްކަމުންެނެވެ. ބައެއް މީހުން ބުނީ، އެފަދަ ފެޝަން ޖީންސް ލައިގެން ނުވާނެ ކަމަށެވެ. އަދި މާމަ ހެދީ ރަނގަޅަށްކަންވެސް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތިންކަރ

  މީހަކު ފޮޑިޔެއް ޖެހިޔަސް ތި ނޫހުގަ ޖަހާތި...އާން ދެން އެއވާހަކަ އެއް... ރޭޕް ވާހަކަ ވެސް ހައްދުން ނައްޓާފަ.... ތަންކޮޅެއް މުޖުތަމައަށް ފައިދާ ހުރި ރަގަޅު ލިޔުން ތައް ލިޔާކަށް ނުވޭ ބާ!

  • ރަސުން

   ތާއިދު

  • މުޖުތަމައު

   މިއީ ވަރައްވެސް ރަނގަޅު ހަބަރެއް. މިހާރު ކުދިން ލައިގެން ތިބޭ ޖީންސް އިންސާނުން ލާކަށް ކަމަކު ނުދޭ. ދެން މާމަމެން ނަކަށް ކަންތައް ރަނގަޅެއް ނުވާނެ ދޯ.

 2. ކިޔާ

  މާމަމެން ކުޑައިރުންސުރެފެށިގެން ލައިއުޅޭ އަންނައުނާއި ޚިލާފަށް ހުރީމަ ފަހަންވެސް ފަހާނެ.މިހާރު ދެން ލައިގެންއުޅޭހެދުމާއި ޖިންސް ފަދަތަކެތި ވީހާވެސް ބޮޑަކަށް ވީދި އޮރިޔާން ނިވާނުވިޔަސް އެއީ ފެޝަން.ހުޅަނގުން ފެޝަނޭ ކިޔާފަ ކޮންމެ ގޮތަކަށް އަންނައުނު ތައްޔާރުކުރިޔަސް އަހަރެމެން މުސްލިމުންވެސް އެލާން މަރުދޭވަރު ފެނިފަ ހައިރާންވޭ.