މާބަނޑު އަނބިމީހާއަށް، ވަޅިއެއް ބޭނުންކޮށްގެން ހަމަލާ ދިން މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި އަނިޔާވެރި ޢަމަލު ހިންގާފައިވަނީ އެމެރިކާގެ ސިޓީއެއްގައެވެ. އެޤައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:50 ހާއިރުއެވެ.

އެނޫސްތަކުން ބުނެފައިވާ ގޮތުގައި މާބަނޑު އަނބިމީހާއަށް ފިރިމީހާ ހަމަލާ ދީފައިވަނީ ސްޓީކް ވަޅިއެއް ބޭނުންކޮށްގެންނެވެ. އަދި، އެވަގުތު އަނބިމީހާ ގޭގައި ހުރީ، އެމީހުންގެ ހަތް އަހަރު ދަރިފުޅު ސްކޫލުން އަންނަ ވަގުތަށް މަޑުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

އެ ދެމަފިރިންގެ ގޭގެ ތެރޭގައި ކަމެއް ހިނގާ އަޑު އިވުމުން، އަވަށްޓެރިން އެމައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. އެހެންނަމަވެސް، ފުލުހުންނަށް އެތަނަށް ދެވުނުއިރު، އަންހެން މީހާއަށް ހަމަލާ ދިނުމަށްފަހު، ފިރިހެން މީހާވަނީ ފިލައިގެން ގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިރިހެން މީހާ ހަމަލާ ދީފައިވަނީ އަންހެން މީހާގެ ދެ އަތަށެވެ. އެގޮތުންމ ކަނާތަށްވެސް ސީރިޔަސް ޒަޚަމްތަކެއް ލިބިފައިވާއިރު، ވައަތުގެ ދެ އިނގިއްޔެއް ބުރިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ޕެރަމެޑިކުން އެތަނަށް އައިސް އަންހެން މީހާއަށް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާގެ ޙާލު ސީރިޔަސްވެ، އެމީހާވަނީ ކޯމާއަކަށްވެސް ގޮސްފައެވެ.

މިކަމާ ގުޅިގެން، އެސަރަޙައްދުގައި އުޅޭ މީހުން ބުނެފައިވަނީ، އެމީހުންގެ ތެރޭގައި އެއްވެސް މައްސަލައެއް ޖެހިގެން އުޅޭހެން ހީނުވާކަމަށާއި ފެންނަ ފެނުމަށް އެއީ ހަމަޖެހިލައިގެން އުޅޭ ދެމަފިރިންހެން ހީކުރިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު