ސަނީ ލިޔޯން އޭ ބުނުމުން އެއީ ކާކުކަން ނޭންގޭ މީހަކު މަދުވާނެއެވެ. ބޮލީވުޑްގެ "އައިޓަމް ގާލް" ގެ ގޮތުން އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ ކުޅަދާނަ ނެށުންތަކާއި އޭނާގެ ރީތިކަމުންނެވެ.

ބޮލީވުޑްގެ ތަފާތު ކާމިޔާބީ ތަކަށްފަހު ސަނީ ލިޔޯން މިހާރު ތައްޔާރުވަމުންދާ ފިލެމުގެ ޝޫޓިންގް ތެރެއިން ބަނޑުގައި ރިހޭތީ ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. ބްރިޖޭޝް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްތައް ހެދުމުން އިނގުނު ގޮތުގައި ސަނީގެ އެޕެންޑިސް މައްސަލަ ހުންނަ ކަމަށެވެ.

މިދިޔަ ބުރާސްފަތިދުވަހު ހޮސްފިޓަލުގައި އެޑްމިޓްކުރިއިރު ސަނީ އަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި ސަނީގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށެވެ.

އޮބްޒަވޭޝަންގެ ދަށުން ސަނީ އެޑްމިޓްކޮށްފައިވާއިރު ވަރަށް އަވަހަށް ދޫކޮށްލާނެކަމަށް ބުނެފައި ވެއެވެ. އަދި ދުވަސްކޮޅެއްގެ ރެސްޓެއް ނެނގުމަށްފަހު ފިލްމު ޝޫޓިންއަށް ނިކުތުމަށް ޑޮކްޓަރުވަނީ ލަފާދީފައި އެވެ.

ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    "އައިޓަމް ގާލް" ގެ ގޮތުން އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ ކުޅަދާނަ ނެށުންތަކާއި އޭނާގެ ރީތިކަމުންނެވެ...........
    އެ ކޮއި މަޝްހޫރުވެފައިވަނީ އެހެން ކަމަކުން....... ދޮގެއްހަދާނެކަމެއް ނެތް!

  2. ސަނީ ޑިއޯލް

    އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ ކުޅަދާނަ ނެށުންތަކާއި އޭނާގެ ރީތިކަމުންނެވެ. ނުބައި. އޭނާ މަޝްހޫރުވީ އެހެން ވައްތަރެއްގެ ފިލްމެއް ކުޅެގެން.