ޓިކްޓޮކް އިން ދެއްކި ހުނަރާއެކު، ވެބް ސީރީޒް 'އެހެނަސް'ގެ ލީޑް ރޯޯލުން ފެނި، ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުންދާ ހުނަރުވެރި މުހައްމަދު ވިޝާލް، ނުވަތަ އެންމެން ދަންނަ ނަމުުން ނަމަ ރޯމަން މި ވަނީ އަޒޯނާ ޝޯގައި ކުޑައިރުގެ އެތައް ހަނދާންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.

އެ ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަތް އެއް ވާހަކައަކީ ޕެޓް އެއްގެ ގޮތުގައި އޭނާ ކުރަފި ގެންގުޅުންކަމަށް ބުނާ ވާހަކައެކެވެ.

ކުރަައްޕަކީ އާންމުކޮށް މީހުން އޮޅުކޮށްގެން ގެންގުޅޭ އެއްޗެއް ނޫނެވެ. ގިނަބަޔަކު ފަކުރު ގަންނަ، އަދި އެހާމެ ބިރުވެސް ގަންނަ އެއްޗެކެވެ.

ބަތަލާ މަރިޔަމް އައްޒަ ހޯސްޓް ކޮށްދޭ އަޒޯނާ ޓޯކްޝޯގައި ބައިވެރިވެ ވާހަކަ ކުރަފި ގެންގުޅެން ފެށި ގޮތް ކިޔައިދެމުން ރޯމަން ބުނީ ގޭތެރެއިން ކުރަތްޕެއް ފެނުމުން އެއީ ރަހުމަތްތެރިޔަކަށް ހަދަން ބޭނުންވީ ކަމަށެވެ. ރޯމަންގެ ވާހަކަައިގައި ކުރަފި އަތައް ލައިގެން ގެންގުޅޭކަން ފާހަގަ ކޮށްފައިވެއެވެ.

"އެއްދުވަހަކު ގޭތެރެއިން ކުރަތްޕެއް ފެނުނީ. ދެން ހިތައް އެރީ ބައިންދާށޭ، އޭނަ ފްރެންޑަކަށޭ ހަދާނީ. ކީއްކުރަންހޭ މަރާލަންވީ. އުދަނގުލެއް ކުރަނީކީ ނޫނޭ"

ކުރީގައި ކޮށްފައިހުރި ކަންތަކުގެ ތެރެއިން ޕެޓް އެއްގެ ގޮތުގައި ކުރަފި ގެންގުޅުމުގެ އިތުރުން މީހުންނަށް އޮޅުވާލައި އެހެން ގައުމެއްގެ މީހަކަށް ވެގެން އުޅުންކަމަށް ވެސް ބުންޏެވެ.

ރޯމަން ބުނީ އަބަދުވެސް ބޭނުންވީ އިޓަލީ މީހަކަށް ވާން ކަމަށެވެ. އެކަމަކު އިޓަލީ މީހެއް ކަަމަށް ބުނުމުން މީހުން ގަބޫލު ނުކުރާ ކަމަށާއި، މީހުން އަބަދުވެސް އަހަނީ ބަންގްލަދޭޝް ކުއްޖެއްތޯ ނުވަތަ އިންޑިއާ ކުއްޖެއްތޯ ކަމަށް ރޯމަން ބުނެއެވެ.

"އެންމެ ވާހިތް ވަނީ އިޓަލީ މީހަކަށް. ރޯމް ސަރަހައްދުގެ މީހަކަށް. އެއީ ރޯމަން ކިޔާތީ އަމިއްލަޔަށް ވެގަނެގެން އުޅޭ ގޮތެއް" އިޓަލީ މީހަކަށް ވާން ބޭނުންވަނީ ކީއްވެކަން ކިޔައިދެމުން ރޯމަން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ވާން ބޭނުންވިޔަސް ނުވެވޭނެ. ހަމަ ސީދާ ހަތަރު ކަށިމަތި ރާ އްޖެ މީހެ އް😂

    15
  2. Anonymous

    އަޅުގަނޑު ހިނި ގެންގުޅުނުކަން އިންގޭތޯ...؟؟؟

  3. މީނަ

    މީނަ ކުޑައިރު އަހަރުމެން ގޭދޮށު އުޅުނީ. ކުރައްޕެއްނޫން ގެންގުޅުނީ، ހިސާބުގަނޑު މީހުންނަށްވެސް ނޮހޮރޮއްޕާންކުރި ސޮރެއް މީ.