ބޮލީވޫޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮއްލައއިފިއެވެ.

ސަނީ ލިއޯން އިންޑިއާގެ އުއްތަރަކާންދުގައި ހުންނަ ބްރިޖްސް ހޮސްޕިޓަލް ކާޝިޕޫރުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެސްޓްރޮއިންޓެރިޓިސް ވެގެންނެވެ.

ބްރިޖޭޝް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްތައް ހެދުމުން އިނގުނު ގޮތުގައި ސަނީގެ އެޕެންޑިސް މައްސަލަ ހުންނަ ކަމަށެވެ.

ސަނީ ލިއޯންގެ ތަރުޖަމާން ވަނީ ސަނީ ހޮސްޕިޓަލުން ދޫކޮށްލިކަން ކަށަވަރު ކޮއްދީފައެވެ. އަދި ގިނަ ދުވަހު އަރާމު ކުރުމަށް ސަނީއަށް ޑޮކުޓަރުން ލަފާދީފައިވާކަމަށް އޭނާ ބުނިއެވެ.

އިއްޔެ ޑޮކްޓަރުން ބެލުމަށް ފަހު އޭނާގެ ހާލަތު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ. ސަނީ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސާތީއެވެ. ޑޮކްޓަރު ބުނެފައި ވަނީ ސަނީގެ ބަނޑުގައި އިންފެކްޝަން ހެދިފައި ވަނީ ހޫނުގަދަ ދުވަހެއްގައި ދަތުރު ކުރުމުގެ ސަބަބުން ކަމަށެވެ.

ސަނީ ބަލިވެފައި މިވަނީ ޝޯގެ ބައިވެރިންނާ އެކު ރާމްނަގަރު، ނިނިތަލް ޑިސްޓްރިކްޓަށް ގޮސް އުޅެނިކޮށެވެ. ކާޝިޕޫރަށް ގެނދިއުމުން ސަނީގެ ފޭނުން ވަނީ އޭނާ ދެކިލުމަށްޓަކައި ހޮސްޕިޓަލް ކައިރިއަށް ޖަމާވެފައެވެ.

ސަނީއަކީ މިހާރު ތިން ކުދިންގެ މަންމައެއްވެސް މެއެވެ. އޭނާ ވަނީ އޭނާގެ ދަރިންނަށް ރަނގަޅު ކުރިމަގެއް ހޯދާދޭނެކަމަށް ބުނެފައެވެ.

ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ.