މިއީ ފާސްޓް އެންޑް ފިއުރިޔަސް ފިލްމްގެ މަންޒަރެއް ހެއްޔޭ އެއްބަޔަކު ބުނެފަނޭއެވެ. ސަބަބަކީ މިއީ އާއްމުކޮށް ފިލްމްތަކުން ފެންނަ ކަހަލަ މަންޒަރަކަށްވުމުންނެވެ. އެކަަމަކު މިއީ ހަމަ އަސްލަށް ދިމާވި ކަމެކެވެ. ބަޔަކަށް ހަމަލޮލުން ފެނިގެން ދިޔަ މަންޒަރެވެ. ކެމެރާއަށް އެރި މަންޒަރުން ފެނިގެން ދަނީ ކާރެއް ދޫންޏެއްހެން އުދުހިފައި ގޮސް ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އެ ކާރު "އުދުހިފައި" އައިރު، ކަރަންޓް ކޭބަލްތަކުގައި ނުޖެހުނީ ހަމަކިރިޔާއެވެ. އެ ކާރު އައިސް ޖެހުނީ ބޮޑު މަގުގައެވެ. ޖެހުނު ގޮތަށް ކާރު ގޮވިއެވެ.

މިއީ ކެލިފޯނިއާގެ ޔުބާ ސިޓީގައި ދިމާވި ހާދިސާއެކެވެ. މި މަންޒަރު ރެކޯޑް ކޮށްފައި ވަނީ އެމަގުން ދަތުރު ކުރަމުންދިޔަ ޓްރަކެއްގައި ތިބި އާއިލާއަކުންނެވެ.

ވީޑިއޯއިން ފެނިގެން ދަނީ މަގުގެ އެއް ފަޅިން ކާރެއް ދިޔަތަނާހެން "އުދުހިފައި" އައި ދޫންޏެއްހެން ކާރެއް އައިސް ބިންމައްޗަށް ވެއްޓޭ ތަނެވެ. އެ ކާރުން އެވަގުތުވެސް ދުން އަރައެވެ. އެ ކާރު އައިސް ބިންމައްޗަށް ވެއްޓުނު ގަޑީގައި ޓްރަކްގައި ތިބި މީހުން ހަޅޭލަވާ އަޑުއިވިގެން ދެއެވެ. 911 އަށް ގުޅީވެސް އެ މީހުންނެވެ.

އެއީ ހަލިމަގު 99 ގައި މިދިޔަ ބުރާސްފަތި ދުވަހު ބާރު ސްޕީޑްގައި ދަތުރުކުރަމުންދިޔަ ކާރެއް ކަމަށް ވެއެވެ. އަދި އެ ކާރު 50 ފޫޓަށް މައްޗަށް އަރައިގެންދިޔައިރު، އެ ކާރު އައިސް ޖެހުނީ މަގުގެ އަނެއް ފަޅީގައެވެ.

އޭނާ މަސައްކަތް ކުރީ މަގުން ސީދަލަށް ކާރު އަނބުރާލާށެވެ. ނަމަވެސް އެކަން އޭނާ އަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ކާރު އަނބުރާލަން އުޅުމުގެ ތެރޭގައި ކާރު ދިޔައީ މަގާއި ސީދާ ނުވެ "އުދުހިގެންނެވެ."

ކެލިފޯނިއާގެ މަގުތައް ބަލަހައްޓާ ޕެޓްރޯލްގެ ތަރުޖަމާން ބުނީ، އެކަންވީ މަސްތުހާލަތުގައި ހުރެގެން ނޫން ކަމަށާއި، އެކަން ވީ އެ މަގުގައި ބާރު ސްޕީޑްގައި އެކި ގޮތްގޮޮތަށް ކާރު ދުއްވަމުން ދަނިކޮށް ކަމަށެވެ.

އެ ކާރު ދުއްވަން އިނީ އަންހެނެއް ކަމަށް ވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އޭނާއަށް މާބޮޑެތި އަނިިޔާތަކެއް ވެފައިނުވާ ކަަމަށް ވެއެވެ.

މިކަން ހިނގާދިޔަ ގޮތް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު