ސަލްމާން ހާން "ޓައިގާ 3" އަށް ތައްޔާރުވުމަށް މަސައްކަތް ފަށައިފިއެވެ. އޭނާ މިފަހަރުވެ ސް ފެންނާނީ ކުރިންވެސް ފެނުނު ރޯލުންނެވެ. އެއީ އިންޑިއާގެ ރިސާޗް އެންޑް އެނަލިޒިސް ވިންގް (ރޯ) ގެ އޭޖެންޓެއްގެ ރޯލުންނެވެ.

ސަލްމާން ހާން އޭނާގެ ޓުވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ޖިމްތެރޭގައި ބުރަކޮށް ކަސްރަތު ކުރުމުގައި އުޅޭ މަންޒަރެވެ. މިފަހަރުގެ ފިލްމުގައި ވެސް ސަލްމާންގެ އެކްޓިން ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

މި ވީޑިއޯގެ ބެކްރައުންޑް މިއުޒިކެއްގެ ގޮތުން އަޑު އިވެނީ ޓައިގާ ޒިންދާ ހޭގެ ތީމް މިއުޒިކެވެ. މި ވީޑިއޯގައި ސަލްމާންގެ މޫނު އެހާ ސާފުކޮށް ނުފެނުނު ކަމުގައި ވިޔަސް ސަލްމާން ކަން އެނގޭ ވަރުވެއެވެ.

މި ފިލްމުގައި ދެން ފެނިގެންދާ ތަރީންނަކީ ކެޓްރީނާ ކައިފް، އިމްރާން ހާޝްމީއެވެ. އިމްރާން ހާޝްމީ ފެނިގެންދަނީ ނުބައި ބައި ރޯލުންނެވެ. އޭނާ ފެނިގެންދާ ރޯލަކީ ޕާކިސްތާނުގެ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ގެ އޭޖެންޓެއްގެ ރޯލުން ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޓައިގާ ތިނެއްގައި ވެސް ކެޓްރީނާ ފެނިގެންދާނީ އައިއެސްއައިގެ އޭޖެންޓެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

ޓައިގާ ސީރީސްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ރިލީޒްކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. އަދި މީގެ ދެވަނަ ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ކޮވިޑާ ގުޅިގެން ޓައިގާ ތިނެއްގެ ޝޫޓިން މެދުކަނޑާލާފައިވީ ކަމުގައި ވިޔަސް ކުރިޔަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ ޝޫޓިން ފެނި އަންނަ އަހަރަށް ފިލްމު ރިލީޒް ކުރެވޭ ވަރުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނޯނޭމް

  ޚިޔާލެއް ނެތް

 2. ލަހޫ

  މި ފިލްމު ބަލާލުމިގެ އިންތިޒާރުގަ😎

 3. އިސްލާމީ ދިވެހި އުންމަތުން ދިވެއްސެއް

  ﷲ އަށް ޝަރީކު ކޮށް އުޅޭ ހިންދޫންގެ އަޤީދާ އާއި ސަޤާފަތާއި ބަސް މަގާއި އަޚުލާޤާއި އެ މީހުންގެ ނިޒާ މްތައް ދައްކައިދޭ ބޮލީވުޑްގެ ފިލް މެއް ވެސް އަދި އެ ނޫންވެސް އެ ޒާތަށް ސެޓު ވާގޮތަށް ހަދައިފާ ހުރި އެއްވެސް އެއްްޗެއް އެއްވެސް ހާލެއްގާ ބަލާނެ މީހެއް ނޫން އަޅުގަނޑަކީ އިނގޭތޯ..
  ސަބަބަކީ ބަލައިފި ކަ މަށް ވަންޏާ އަޅުގަނޑު ގެ އަޤީދާޔަށް އޭގެ އަސަރު ފޯރާނެ...އަދި ޝައިޠޯނާ އެ އެތި ޒީނަތްތެރިކޮއްދޭނެ.