ސުކޫލު ކުއްޖަކު އެ ސުކޫލުގައި އުޅޭ އެހެން ކުއްޖަކު މަރާލާފައިވަނީ ސުކޫލުގެ ކިޔެވުން ހުއްޓާލާ ސުކޫލު ބަންދު ކުރުމުގެ މަޤްޞަދުގައި ކަމަށް މަރާލި ކުއްޖާ އިޢުތިރާފު ވެއްޖެއެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތުކައި ބުނެފައިވަނީ އިންޑިޔާގެ ވަޑޯޑަރާގައި މަރާލާފައި އޮއްވާ ފެނިފައިވަނީ 14 އަހަރުގެ ކުއްޖެއް ކަމަށާއި މަރާލާފައި އޮއްވާ ފެނުނީ އެސުކޫލުގެ ފާޚާނާގެ ތެރެއިން ކަމަށެވެ.

މިކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން 16 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައިވާއިރު، މިކުއްޖާވަނީ މިކުށަށް އިޢުތިރާފް ވެފައެވެ. 16 އަހަރުގެ މިކުއްޖާ ބުނެފައިވަނީ މަރާލީ ސުކޫލާމެދު ހިތްހަމަ ނުޖެހިގެން ކަމަށާއި ބޭނުންވަނީ ސުކޫލުގެ ކިޔެވުން ހުއްޓުވާލާ ސުކޫލުގެ މުވައްޒިފުން ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށެވެ. މިކުއްޖާ ބުނެފައިވަނީ މިކުއްޖާއަށް ޓީޗަރުން ބުލީ ކުރާ ކަމަށާއި އެކުއްޖާގެ މަޤްޞަދަކީ ބަދަލު ހިފުން ކަމަށެވެ. އަދި މިއީއެކަމަށް އޮތް ހަމައެކަނި މަގު ކަމަށް އެކުއްޖާއަށް ވިސްނޭތީ އެގޮތަށް އެކަން ކުރީ ކަމަށް އެކުއްޖާ ބުނެފައިވެއެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤް ކުރަމުން ދާއިރު، 16 އަހަރުގެ ކުއްޖާ ތަޙްޤީޤަށް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު