ކާރު އެކްސިޑެންޓެއްގައި މަރުވިކަމަށް ބުނި މީހަކު އެއް ދުވަސް ފަހުން އޭނާގެ ހަށިގަނޑުގައި ވިންދު ހުރިކަން އެނގިއްޖެއެވެ.

މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނިކޮށް، މޯޗަރީއަށް ލައި އަނެއް ދުވަހު އޮޓޮޕްސީ ހެދުމަށް ނިންމި އިންޑިއާގެ އެ މީހާ މަރުނުވާކަން އެނގުނީ އޮޓޮޕްސީ ހަދަން ތައްޔާރުވުމަށް އޭނާގެ ހަށިގަނޑުން ވިންދު ޖަހަން ފެށުމުންނެވެ. އެއިރު އޮޓޮޕްސީ ހެދުމަށް ޑޮކްޓަރުގެ އަތުގައި ތޫނު ތިލައެއްވެސް އޮތެވެ.

ނަގްޕޫރްގެ އެ ހޮސްޕިޓަލަށް ގެންދިޔަ އެ މީހާ މަރުނުވާކަން ކަށަވަރުވުމާއެކު އޭނާގެ ހަށިގަނޑު ވޯޑަށް ވަގުތުން ބަދަލުކުރިއެވެ. އެއީ ހޮސްޕިޓަލްގެ ފަރުވާ ކުޑަކަމުން ވީކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އެ ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާވެސް ކުރިކަމަށް ވެއެވެ.

ކާރުގައި އިންދާ ބަރަދްވާޖް ނަމަކަށް ކިޔާ އެ މީހާ އެކްސިޑެންޓްވިއިރު، އޭނާއަށް ވަރަށް ބޮަޑެތި ޒަހަމްތަކެއް ލިބުނެވެ. މިދިޔަ އާދީއްތަ ދުވަހު މި ހާދިސާ ހިނގިއިރު، އޭނާގެ ސިކުނޑި މަރުވެފައިވާކަމަށް ފުރަަތަމަ ޑޮކްޓަރުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ އެއްކޮށް މަރުވެއްޖެކަމަށް ޑޮކްޓަރުން ކަނޑައެޅިއިރު، ދެން އޭނާގެ ހަށިގަނޑު ފޮނުވާލީ އޮޓޮޕްސީއަށެވެ.

އެއިރު އޭނާގެ ހަށިގަނޑުގެ ގުނަވަންތައްވެސް މަސައްކަތް ނުކުރި ނަމަވެސް މިދިޔަ ހޯމަ ދުވަހު ހެނދުނު އޭނާގެ ނޭވާލާ ނިޒާމް މަސައްކަތް ކުރަން ފެށިއެވެ. ޑޮކްޓަރުން ބުނީ، އެމީހާގެ ސިކުނޑި އަދިވެސް އޮތީ މަރުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު