ކައިވެނީގެ ހަފްލާގެ ތެރެއިން އެތައް ކަމެއް ވެއެވެ. އުފާވެރި އެތައް ކަމަކާއި، ހިތްހަމަ ނުޖެހޭ އެތައް ކަމެކެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ ކައިވެނީގެ ހަފްލާތަކުގެ ތެރޭގައި ކަންކަން ދިމާވުމަކީ މިއީ ހަމަ ވަރަށް އާއްމުކޮށް ވާ ކަންކަމެވެ.

މި އަހަރު ތެރޭގައިވެސް އިންޑިއާގެ ކައިވެނީގެ ހަފްލާ ތަކުގައި އެތައް ކަމެއްވެއްޖެއެވެ. ބައެއް މީހުން ކައިވެނި ނުކޮށް ދިއުމާއި، ކައިވެނި ހަފްލާ ތެރޭގައި ތަޅައިފޮޅުންވެސް ހިނގާފައި ވެއެެވެ. މިއީވެސް ތަފާތު ކަމެއް ކައިވެނީގެ ހަފްލާގެ ތެރޭގައި ހިނގާދިޔަ ކައިވެންޏެކެވެ.

އާއްމުކޮށް ކައިވެނީގެ ހަފްލާއަކީ ފައިސާ އާއި އަގުބޮޑު އެތައް ހަދިޔާއެއް ލިބޭ ހަފްލާއަަަކަށްވާއިރު، ކައިވެނި ކުރާ ދެމަފިރިން އެކަަމަށް އުއްމީދުވެސް ކުރެއެވެ.

އެގޮތުން މިދެމަފިރިންވެސް އުއްމީދު ކުރީ ކައިވެނީގެ ހަފްލާގައި އަގުބޮޑު އެއްޗެހި ލިބޭނެ ކަމަށެވެ. ކަންވީ އެހެނެއް ނޫނެވެ. ކައިވެނި ކުރި ފިރިހެން މީހާގެ ރަހުމަތްތެރިއަކު އެ ހަފްލާއަށް ގެންދިޔައީ، އަންހެން މީހާ ބޭނުންވި ހަދިޔާއެއް ނޫނެވެ. އެ ހަދިޔާ އެތަނުގައި ކަނޑައިގެން ބަލައި، އެ ހަދިޔާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިކަން އެނގެއެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

އުއްމީދާއެކު ހުޅުވި އެ ޕާރުސަލް ތެރޭގައި އޮތީ ބުއްފުޅިއެކެވެ. އެެއީ މަޖަލަކަށް އެ މީހުން ހަދިޔާއަކަށް ފޮނުވި އެއްޗެއް ނަމަވެސް، އެ އަންހެން މީހާއަށް އެކަން ގަބޫލު ނުކުރެވުނީ ކަމަށް ވެދާނެއެވެ. އެ ޕާރުސަލް ތެރޭގައި އޮތް ހަދިޔާ ފެނިފައި އަންހެން މީހާ އައީ ރުޅިއެވެ. އަދި އެ ހަދިޔާ އޭނާ އެއްލާވެސް ލިއެވެ. އޭނާ އެ ހަދިޔާ އެއްލާލުމުންވެސް އަނެއްކާވެސް ހަދިޔާ ހިފައިގެން އައިސް އެ އަންހެން މީހާގެ އުނގުގައި ބާއްވައެވެ.

އެ ވީޑިއޯއަށް މިހާތަަނަށް 10 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު