ދިވެހި ފިލްމީ ދާއިރާގައި ބަތަލާ މަރިޔަމް އައްޒަ އާއިި އަބްދުުﷲ މުއާޒް އަކީ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ޖޯޑެކެވެ. އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ)ގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އައްޒަ އާއި މުއާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އައްޒަ އާއި މުއާ ލޯބީގެ ގޮތުން ގުޅިގެން އުުޅެން އައްޒަގެ އާއިލާއިން އެންމެ ފުރަތަމަ ގަބޫލު ނޫންކަން އިންޓަވިއުތަކުން ހާމަވެފައިވެއެވެ.

ބައިސްކޯފުން ގެނެސްދޭ ޑްރާފްޓް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އައްޒަގެ ބައްޕަ ޝިޔާމް ބުނީ ކުރިން އައްޒައާއި މުއާ ގުޅިގެން އުޅެން ނުގަބޫލު ވެވުނީ އެއިރު މުއާ އެހާ ރަނގަޅު ނޫން ވީމަ ކަމަށެވެ. އެއިރު ހަބަރުތަކާއި، މީހުންގެ ތުންތުންމަތިން ވެސް މުއާގެ އުޅުން ހުންނަގޮތް އެނގޭ ކަމަށާއި، ފަހުން އެކަންތައްތައް އިސްލާހުވާން ފެށުމުން މުއާ އާއި ވާހަކަ ދައްކައި އެކަންކަން ރަނގަޅުވާނެ ކަމަށް ފެނުމުން އެ ގުޅުން ކުރިއަށް ގެންދަން ގަބޫލުވުމުން ކަމަށް ޝިޔާމް ބުނެފައި ވެއެވެ.

"އެ މުއާއެއް އަހަރުމެން ބޭނުމެއް ނެތް. އަހަރުމެން ބޭނުންވަނީ ވަރަށް ނައިސް މުއާ އެއް. ވަރަށް އަހުލާގީ މިންގަނޑު ރަނގަޅު، ހުތުރު ނަމެއް އަޑު އިވޭ ކަހަލަ ގޮތަކަށް އަހުލާގީ މިންގަނޑު ހުރެގެން ނުވާނެ މުއާ އެއް ބޭނުންވަނީ. ގޯސްކޮށް އުޅޭ ކުއްޖަކާ އެކަން އެނގިހުރެ އެމީހެއްގެ ދަރިޔަކު އިންނާކަށް އެއްވެސް ބައްޕައެއް ބޭނުމެއް ނުވާނެ. އޭރުގައި މުއާގެ ކަންތައްތައް ހުރީ އެއްބަސް ވެވޭނެ ގޮތަކަށް ނޫން" ޝިޔާމް ބުންޏެވެ.

ޝިޔާމް ބުނީ މިހާރު މުއާ ވަރަށް ރަނގަޅު ކަމަށާއި، އެއީ ވަރަށް މުހިންމު މީހެއް ކަމަށެެވެ.

"މިހާރު މި ފެންނަނީ އެހެން މުއާއެއް. އެއީ ހަމަ އައްޒަގެ ރީފޯމޭޝަން އެއް" ޝިޔާމް ބުނެފައިވެއެވެ. ޝިޔާމް ބުނީ އެއްވެސް އިރެއްގައި މުއްސަނދި މީހަކާ އައްޒަ ދެވަން ބޭނުން ނުވާ ކަމަށެވެ.

އައްޒަ ބުނީ ދެމީހުން އެކުގައި އުޅެން އާއިލާއިން އެއްބެސްނުވި ނަމަ މިހާރު އެ ބަދަލުވެފައި ހުރި މުއާއެއް ނުފެންނާނެ ކަމަށެވެ. އައްޒަ ކައިރި ޝިޔާމް ނުކުރާށޭ ބުނެފައި އޮތް ކަމެއް ކުރީވެސް އެއީ މުއާއާއި ޑޭޓް ކުރުން ކަމަށް އައްޒަ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަލީލު

    ޝިޔާމް، މުއާގެ ވާހަކަދެއްކިއިރު، ތިމާގެ ދަރި އެ ހުންނަނީ ޢައުރަ ނިވާނުކޮށް. ޕްރޮގްރާމަކަށް އެރިޔަސް، ގައިގެ ބޮޑުބައި އޮންނަނީހާމައަށް.ވަރަށް ތާހިރެއްނު.

    6
    1
  2. ޛޖ

    މިކަލޭގެ މަޝްހޫރުވާން ދީ ފޮޓޮނޖެހިފަ މިހިރީ. ދަރިގުޅު. ފިލްމުކުޅުނަސްކަލެއަކީ. މީހުން ދަންނަ މީހެއްނޫން