ފިލްމު ''ވިކީ ޑޮނާ'' އިން ބޮލީވުޑަށް ތައާރަފްވި އަޔުޝްމާން ކުރާނާއަކީ މިއަދު ބޮލީވުޑު އިންޑަސްޓްރީގައި އޭނާގެ ނަން ފާހަގަ ކޮށްލެވޭ މަޝްހޫރު ފަންނާނެކެވެ.
ނަމަވެސް މި ނަން ހޯދުމުގެ ކުރިން އަޔުޝްމާން ވެސް ވަނީ ހިތްދަތި ދުވަސްތަކަކާއި ކުރިމަތިލާފައެވެ. ފުރަތަމަ ފިލުމަށް ފަހު ދެން ކުޅުނު ތިން ފިލުމު ވެސް ފުލޮޕް ވުމާއި ގުޅިގެން މުމްބާއީ ދޫކޮށް އެެނބުރި އުފަން އަވަށް ކަމުގައިވާ ޗަންދިގަރަށް އެނބުރި ދާން އުޅުނެވެ.
ފިލުމުތައް ފްލޮޕްވެ ހުސް ވަގުތު ގިނަވުމުން އަޔުޝްމާން ވަނީ އޭނާގެ ބަޔޮގްރަފީ ''ކްރޮކިން ދަ ކޯޑް: މައި ޖާނީ އިން ބޮލީވުޑް'' ފޮތް ލިޔެ ޝާއިޢު ކޮށްފައެވެ.
މިފޮތަށް ފާޑު ކިޔާފައިވާ ބައެއް މީހުން ބުނެފައިވަނީ އަޔުޝްމާނާއި ބެހޭގޮތުން ބަޔޮގްރަފީއެއް ލިޔުމަށް އަދި މާ އަވަސް ކަމަށާއި އޭނާގެ ކެރިއަރު އެހިސާބަށް އަދި ނުދާ ކަމަށެވެ.
ޑައިރެކްޓަރު އަރުބާޒް ޚާން ހުށަހަޅައިދޭ ޗެޓް ޝޯއެއްގައި އަޔުޝްމާނުގެ ފޮތާއި ބެހޭގޮތުން މީހުން ކިޔާފައިވާ ފާޑުކިޔުންތަކުގެ ވާހަކަތައް ދައްކައިފައިވެއެވެ.
މި ވާހަކަތަކަށް ރައްދުދެމުން އަޔުޝްމާން ބުނެފައިވަނީ އޭނާގެ ބަޔޮގްރަފީއެއް ލިޔެފައިވަނީ ފިލުމެއް ނުލިބުމުން ލިބުނު ހުސްވަގުތު ގިނަކަމުންނާއި ފިލުމުތައް ފްލޮޕްވުމުން އެކަމުގެ ހާސްކަމުން ދުރުވުމަށް ކަމަށެވެ.
މީގެއިތުރުން އަޔުޝްމާން ބުނެފައިވަނީ ކެރިއަރ އެހިސާބުން ނިންމާލުމަށްފަހު އެނބުރި ޗަންދިގަރަށް ދާން ނިންމި ކަމަށާއި އަދި އުފަންދުވަހުގެ ޕާޓީތަކުގައި ލަވަކިޔައިގެން އާމްދަނީ ހޯދުމަށް ވެސް ނިންމިއެވެ.
އަޔުޝްމާން ކުޅުނު ''ނޯޓަންކީ ސާލާ''، ''ބޭވަކޫފިޔާން''، ހަވާއިޒާދާ'' ފިލުމު ފްލޮޕްވުމަށް ފަހު ދެން ކުޅުނު ފިލުމު ''ބަދާއީ ހޮ''، ''އަންދާދުން''، ''ދަމްލަގާކޭ ހައިޝާ'' ފަދަ ފިލުމުތައް އޭނާގެ ކެރިއަރ ބަދަލު ކޮށްލިއެވެ.
ފޫހި މީހެއް ދެން!