މިލިއަން ޑޮލަރުގެ ގެއަކީ ޔަގީނުންވެސް ރީތި އަދި އެހާމެ ލަގްޒަރީ ގެއަކަށް ވާނެ ކަމަށް އެންމެންވެސް އުއްމީދު ކުރާނެއެވެ. އެހެން ނަމަވެސް މިފަހަރު މިވީ އެހެެނެއް ނޫނެވެ.

އެމެރިކާގެ ޓެކްސަސް ޑައްލާސްގައި ހުންނަ އެއް މިލިއަން ޑޮލަރުގެ މި ގެއަކީ ތަފާތު ގެއެކެވެ. ގެ ބޭރުން ބަލާބެލުމުން ވަރަށް ފުރިހަމަ ނަމަވެސް އެތެރެއަށް ވަނުމުން ލިބެނީ ހައިރާން ކަމެކެވެ. އެގޭގައި އެއްވެސް ކޮޓަރިއެއް ނެތެވެ. ގޭގައި ހުރީ ހޯލްތަކެކެވެ.

2000 ވަނަ އަހަރު ތެރޭގައި އިމާރަތް ކުރި މި ގޭގެ ބޭރުން ބޮޑު ބިއްލޫރި ކުޑަދޮރެއް ފެންނަން ހުރިއިރު، އެތެރެއަށް ވަނުމުން ފެނިގެން ދަނީ އެއީ ކުޑަދޮރެއް ނޫން ކަމެވެ. އެއީ ދެއްކުމުގެ ގޮތުން ދޮރެއް ގޮތަށް ހަދާފައިވާ އެއްޗެކެވެ.

މިއީ ގެއެއް ނޫނޭ ބުނާ މީހުންވެސް އުޅެއެވެ. މިއީ ޕޮލިސް ސްޓޭޝަނެއް ނޫނީ ގައިދީން ބަންދު ކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަނެެކެވެ.

މިދިޔަ މެއި މަސް ތެރޭގައި މި ގެ ވިއްކަން ޖަހާފައި ވަނީ މީހުން ދިރިއުޅޭނެ ތަނެއްގެ ގޮތުގައެއް ނޫނެވެ. ރާ ރައްކާތެރި ކުރާނެ ތަނެއްގައި ގޮތުގައި ނޫނީ، ކާރު ކަލެކްޓް ކުރާނެ ތަނެއްގައި ނޫނީ އިތުރު އެއްޗެހި ރައްކާކޮށް ބަހައްޓާނެ ތަނެއްގެ ގޮތުގައެވެ.

އެ ގޭގެ ފޮޓޯތައް މީސް މީޑިއާގައި އާއްވުމުން ބައެއް މީހުން ވަނީ ތަފާތު ގޮތްގޮތަށް ވަހަކަދައްކާފައެވެ.

ގުދަނެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަނެއްގެ ގޮތުގައި މިގެ ވިއްކާލަން އިއުލާން ކޮށްފައި ވަނީވެސް ގެއެއްގެ ގޮތުގައި ވިއްކާލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު