އެތައް މަސްތަކެއްގެ ދިގު އިންތިޒާރަކަށްފަހު ހަގީގާ ހާދިސާއެއްގެމައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ޝޭރްޝާހް" މިމަހު ރިލީޒް ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޝޭރްޝާހް ރިލީޒް ކުރުން މިދިޔަ އަހަރުގެ ޖުލައި މަހު ފަސްކޮށް މިހާރު މިވަނީ މިމަހު ރިލީޒްކުރާގޮތަށް ހަމަޖެހިފަ އެވެ. އެގޮތުން މި ފިލްމު ރިލީޒް ކުރާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ސިދާތު މަލްހޯތްރާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ވިޝްނޫވަރަދަން ޑައިރެކްޓުކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޝަބީރު ބޮކްސްވާލާއާއި ކަރަން ޖޯހަރްގެ އިތުރުން އަޖޭ ޝާހު ހިމެނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ.

ސިދާތުގެ އިތުރުން މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އަންކީތާ ގޯރާ، ޝީވް ޕަންޑިތު އަދި ކިއާރާ އަދުވާނީ ހިމެނެއެވެ. މި ފިލްމުގެ ހުރިހާ ޝޫޓެއް ނަގާފައި ވަނީ އިންޑިޔާގެ އެކި ސަރަހައްދުތަކުގައި އެވެ.

މި ފިލްމު އުފައްދާނެ ކަމަށް 2018 ވަނަ އަހަރު ކަރަން ޖޯހަރު ވަނީ ބުނެފަ އެވެ. މި ފިލްމަކީ ކެޕްޓަން ވިކްމަރް ބަތްރާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެވެ. ކެޕްޓަންގެ ވިކްރަމްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ސިދާތު އެވެ. އަދި އޭނާގެ އެއްމާބަނޑު ބޭބެގެ ރޯލުންވެސް ފެނިގެން ދަނީ ސިދާތު އެވެ.

ފިލްމުގައި ކުޅޭ ރޯލަށް ތައްޔާތުވުމަށް ސިދާތް މަލޯތްރާ ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސިފައިންގެ ތަމްރީން ހަދަން ފަށާފަ އެވެ. މި ފިލްމުގެ ނަމަށް ފުރަތަމަ ކިޔަން އުޅުނީ "މެރާ ދިލް މާންގޭ މޯ" އެވެ. ނަމަވެސް މި ނަން ވަނީ ބަދަލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު