ދިވެހި ފިލްމީ އާއިލާގެ އެންމެ ކުލަ ގަދަ އެއް އާއިލާ ޔާރާ އާއިލާ އަށް އުފަން ކުޅަދާނަ ބަތަލާ މަރިޔަމް އައްޒައަކީ ދެވަނަ ތައާރަފަކަށް ބޭނުން ނުވާނެ ތަރިއެކެވެ. ފޭނުންނާއި ޚާއްސަ ގުޅުމެއް ބާއްވާ އައްޒަ އަކީ ފޭނުންގެ ސަމާލުކަން ދަމަހައްޓަން ފިސާރި ކުޅަދާނަ ފަންނާނެކެވެ. އަދި އަބަދުވެސް ކޮންމެވެސް ގޮތަކުން އޭނާ ދަނީ އާއްމުންނަށް އޭނާ އަކީ ތަފާތު މީހެއްކަން ސާބިތުކޮށްދެމުންނެވެ.

ހަމައެހެންމެ 32 އަހަރުގެ އައްޒައަކީ އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ. އޭނާގެ ރީތި ކަމާއި އެކު ފަރިވެ ނަލަހެދިލައިގެން ހުރުމަކީ އައްޒަ ތަފާތުވާ އެއް ސަބަބެވެ. އައްޒައަކީ ފިލްމީ ދާއިރާ އިން ފެންނަ އެންމެ ސްޓައިލިޝް އެއް ފަންނާނުކަން އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ.

ހެދުން އެޅުމުގެ ވައްޓަފާޅި އިން ފެށިގެން މޭކަޕާއި ހެއަރސްޓައިލް އަދި އެ ނޫން ވެސް ކަންކަމަށް ބެލުމުން އޭނާގެ ސްޓައިލިޝްކަން ހާމަވެއެވެ. އޭނާ އަކީ ބައެއް ފަހަރު ރީތިވުމަށް އޭނާ ބޭނުން ކުރާ އުކުޅުތައް އެހެން މީހުންނަށް ބުނެދޭ ފަންނާނެއް ވެސް މެއެވެ. އެގޮތުން އޭނާގެ ކެއުމާއި ދުޅަހެޔޮކަމުގެ އާދަތައް ހުންނަ ގޮތް އެކި ފަހަރު މަތިން އޭނާ ވަނީ ފޭނުންނާއި ހިއްސާކޮށްފައެވެ.

އައްޒަ މިފަހަރު ބެލުންތެރިންނަށް ކިޔާދިނީ ފްރެންޗް މެނިކިޔަރ ހަދާނެގޮތެވެ. ޓިކްޓޮކް އާއި އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ވަނީ ނިޔަފަތް އެގޮތަށް ރީތި ކުރާނެ ގޮތް ހަރުފަތަކަށް ފަހު ހަރުފަތެއް ވަރަށް ތަފްސީލްކޮށް ކިޔާދީފައެވެ. ފްރެންޗް މެނިކިޔަރ އަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ނިޔަފަތި ރީތިކުރަން އެންމެ އާއްމުކޮށް ބޭނުން ކުރާ އެއް ސްޓައިލެވެ.

ކޮންމެ ހަފްލާ އަކާއި ވެސް ގުޅޭ މި ސްޓައިލް އަކީ އާދައިގެ ރީތި ސްޓައިލަކަސް ލޯބިކުރާ މީހުންނަށް ވެސް ވަރަސް ކަމުދާނެ ސްޓައިލެކެވެ. މި ސްޓައިލްގައި ނިޔަފަތިތަކުގައި ހުންނަނީ ވަރަށް މަޑު ކުލައެއްގެ ފިޔާތޮށިކުލައެކެވެ. އެއަށް ފަހު ނިޔަފަތީގެ ކޮޅުގައި ހުންނަނީ ހުދު ކުލައެވެ. ނިޔަފަތީގައި ހުދު ކުލަ ބަހައްޓަނީ ލައިނަކަށް ވާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އެލެކްސް

  އައއ އްޒާ މޫނުގަ އި ކުލަނުހާކަ ހުރި ފޮޓޯ އެއ އް ދަ އްކާލަބަލާ. 60 އަހަރު މީހެކޭ ތަފާތެ އެް ނުވާނެ. އެހާވެސް

  3
  2
 2. ވާ ލޯބީން

  ހަވާދު ހަނާ ކުރާކަށް އިނގޭތަ؟

  1
  1