އިންގްލޭންޑްގެ ކެންނޮކް ޓައުންއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަބީ ޗެޑްވިކްއަކީ ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ޒުވަނެކެވެ. ނަމަވެސް ކުއްލިއަކަށް މީހާ ފަލަވާން ފެށިއެވެ.

އެހެންކަމުން ޖިމްއަށް ދިޔުމާއި ކަސްރަތު ކުރުމުގައި ދުވަސްތައް ހޭދަކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަނުން ފަސް ކިލޯ ލުއިވިއެވެ. ނަމަވެސް ބަނޑު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އަބީގެ ބަނޑު ބޮޑުކަމުން އޭނާ މާބަނޑުވެ ބަނޑަށް ނުވަ މަސްދުވަސް ވެފައިވާ ކަމަށް ވެސް ބައެއް މީހުންނަށް ހީކުރެވުނެވެ. އެހެންކަމުން ލޫޅާފަތި ހަށިގަނޑެއް ހޯދުމަށް އިތުރަށް މަސައްކަތް ކުރަން ފެށިއެވެ.

ނަމަވެސް ފަހުން ފަހަށް އައިސް ކާއެތިކޮޅެއް އަރުތެރެއިން ދިރުވާލާއިރަށް ބަނޑު ފުރެއެވެ. އަދި ބަލިވާން ފެށިއެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަބީގެ ބަނޑުގައި ފުޓްބޯޅަ ސައިޒުގެ ސިސްޓެއް އުފެދިފައިވާ ކަމެވެ.

މި އަހަރުގެ މާރޗު މަހު އަބީގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ބުނީ އޭނާގެ ބަނޑުގައި 13 އިންޗީގެ ބޮޑު ސިސްޓެއް އުފެދިފައިވާ ކަމެވެ. އެކަން އެނގުމުން އަބީގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. އެއީ އޭނާއާއި ދިމާއަށް މީހުން ކިޔާފައިވާ އެއްޗެހީގެ ސަބަބުންނެވެ.

މި އަހަރުގެ އޭޕްރީލް މަހު އޮޕަރޭޝަނެއް ކޮށްގެން ސިސްޓް ނެގިއެވެ. ސިސްޓު ނެގުމަށް ފަހު އަބީގެ ހަށިގަނޑަށް އެތައް ލުޔެއް ލިބި އޭނާގެ އަމިއްލަ ނަފުސާއި އަލުން ބައްދަލުވުމުގެ އިހުސާސް ކުރެވުނު ފަދައެވެ.

މާބަނޑު މީހަކަށް ނުވުމުން އެކަމާ އުފާކުރި އަބީ އެންމެ ދެރަވީ އެހާ ދުވަސް ވަންދެން މާބަނޑު މީހެއްގެ ގޮތުގައި އުޅެން ޖެހި އެފަދަ ވާހަކަތައް އަޑު އަހަން ޖެހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު