ދުނިޔޭގެ މަޝްހޫރު ނަންބަރު ޕަޒަލް ގޭމް "ސުޑޯކޫ" އުފެއްދި މީހާ މަރުވެއްޖެއެވެ.

ސުޑޯކޫ ގޭމު އުފައްދާފައި ވަނީ މަކީ ކަޖީ ނަމަކަށް ކިޔާ ޖަޕާނު މީހެކެވެ. ކަޖީ އަކީ އޭނާގެ ޕަޒަލް ގޭމު އުފައްދާ ކުންފުނީގެ ޗީފް އެކްޒެކިއުޓިވްއެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޭނާ ހުރީ އެ މަގާމުގައެވެ. އަދި އޭގެ ފަހުން ކަޖީ ބަލިވުމުގެ ސަބަބުން ވަނީ އެ މަގާމު ދޫކޮށްލައިފައެވެ.

ކަޖީ މަރުވީ ބައިލް ޑަކްޓް ކެންސަރު ޖެހުމާ ގުޅިގެން ވަރަށް ބޮޑަށް ބަލިވެ އެ ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސުޑޯކޫ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޕަޒަލް ގޭމުކަން ފާހަގަ ކުރެވެއެވެ. މި ގޭމު ކުޅޭ މީހުންގެ އަދަދު 100 މިލިއަނަށްވުރެ އިތުރު އިރު މިއީ ޖަޕާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ފޫހިކަމެއް ނެތި ކުޅޭ ގޭމެކެވެ.

ސުޑޯކޫ އުފެއްދި މީހާ
ފޮޓޯ: ގޫގުލް

ޖަޕާނުފައި ސުޑޯކޯ މަޝްހޫރުވެފައި ވަނީ ވިހިވަނަ ގަރުނުގެ ފަހުކޮޅުގައެވެ. އަދި 2004 ވަނަ އަހަރަށް ފަހުގައި މި ގޭމުގެ މަގުބޫލުކަން ދުނިޔޭގެ އެކި ހިސާބުތަކަށްވެސް ފޯރާފައި ވެއެވެ. މި ގޭމުގެ ވާހަކަތައް ދުނިޔޭގެ މަޝްހޫރު ނޫސްތަކަށްވެސް ވަނީ އަރައިފައެވެ. މިއީ މި ގޭމު މަޝްހޫރުވެގެންދިޔަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

ނަންބަރު ގޭމެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި ގޭމަކީ ވިސްނުން ތޫނު ކުރުމަށްވެސް ރަނގަޅު ގޭމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ދެހާސް ސޯޅަ ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ވޮލްޑް ސުޑޯކޫ ޗެމްޕިއަންޝިޕް ވެސް ބޭއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު